ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބްރު ގާސިމް އިބްރާހީމްގެ ރޯޔަލް އައިލެންޑް ރިސޯޓްގެ ސުޕާ ބަންދުކުރަން ސަރުކާރުން އެންގި އެންގުން، ޝަރީއަތް ނިމެންދެން، ބާތިލުކުރުމަށް ސިވިލް ކޯޓުން އަންގައިފި އެވެ.

ވިލާގެ ފަސް ރިސޯޓެއްގައި ހިންގާ ސުޕާތައް ބަންދު ކުރުމަށް ސަރުކާރުން އެންގީ އެ ރިސޯޓްތަކުގައި ހަށި ވިއްކާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ގާސިމު ވިދާޅުވެފައި ވަނީ އޭނާގެ ރިސޯޓްތަކުގެ ސުޕާތައް ބަންދު ކުރުމަށް އެންގީ އޭނާގެ ސިޔާސީ ފިކުރާ ގުޅޭ ގޮތުން، ޒާތީ ގޮތުން ކަމަށެވެ.

ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ރޯޔަލް އައިލެންޑް ރިސޯޓްގެ ސުޕާ ބަންދު ނުކުރެވޭނެ ކަމަށް ކޯޓުން ބުނި އިރު، ގާސިމުގެ އަނެއް ހަތަރު ރިސޯޓްގެ ސުޕާތަކާ ބެހޭ ގޮތުން ހުށަހެޅި މައްސަލަތައް މިއަދުގެ ގަޑިތަކުގައި ޝެޑިއުލްކޮށްފައިވެ އެވެ.
]ތަފުސީލު އަންނަނީ[