28 Dec 2011, 14:05
"ޢިލްމުވެރިންގެ މެދުގައިގައިވާ ޚިޔާލު ތަފާތުވުންތައް ކުޑަކުރުން" މިނަމުގައި ދެ ދުވަހުގެ މަހާސިންތާއެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އިސްލާމީ މަރުކަޒުގައި ބާއްވާ މަހާސިންތާގައި ރާއްޖޭގައި ތިބި 64 ދީނީ ޢިލުމުވެރިއަކަށް ދައުވަތު އަރުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދުﷲ ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގައި ކުރިއަށްގެންދާ މަހާސިންތާގައި އަށް ޕޭޕަރެއް މަހާސިންތާގެ ބައިވެރިން ހުށަހަޅާނެ ކަމަށެވެ.
އެ މަހާސިންތާގައި އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީލް އަބުދުލް ބާރީގެ އިތުރުން ސްޓޭޓް މިނިސްޓަރު ޝެއިޚް ހުސެއިން ރަޝީދު އަހުމަދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންގެ މެދުގައިވާ ޚިޔާލު ތަފާތުވުންތައް ކުޑަ ކުރުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާ އަށް ފަހު އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ.
ފަހަކަށް އައިސް ދީނީ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގައި ވަނީ ދީނީ ގޮތުން ބޮޑެތި ޚިޔާލުތަފާތު ވުންތަކެއް އުފެދިފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ