01 Jun 2020, 22:21
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅުބެއްޖެއެވެ.
މިއާއެކު ރާއްޖޭގައި ބަލި ޖެހި ބަލިންް ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 488 އަށް އަރައިފައެވެ.
މިރޭ ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިހާރު ރާއްޖޭގައި ބަައްޔަށް ފަރުވާ ދެމުން ދަނީ 1333 މީހަކަށް ކަމަށް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 1829 އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ހާހެއްހާ ބަންގްލަދޭޝް މީހުންނަށް ބަލި ޖެހިފައިވާއިރު ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 590 އެވެ.