28 Dec 2011, 12:00
ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާ ކުރުމަށް ވިސްނާ ކަމަށް ސަރުކާރުން ބުނެފައި ބުނެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ބޮޑު މުޒާހަރާ ކުރި ''މީހުނަށް ޖެއްސުމަށް'' ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެ އެވެ.
ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މައުރޫފް ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަކީ ސިޔާސީ ބޮޑު ނިންމުމެއް ކަމަށް ޤަބޫލުކުރައްވާ ކަމުގަ އެވެ. އަދި އެ މުޒާހަރާގައި ވެސް އަދި އެހެން ތަނެއްގައި ވެސް ރިސޯޓްތަކުގައި ބަނގުރާ ވިއްކުން މަނާ ކުރުމަށް އަދާލަތު ޕާޓީން ނިންމެވި ކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ މަދަނީ ޖަމްއިއްޔާތަކާއި އަދާލަތު ޕާޓީއާ ގުޅިގެން ކުރި ބޮޑު މުޒާހަރާގައި ބައިވެރިވި އިސް ފަރާތްތަކަށް ސަރުކާރުން ''ޒާތީ ގޮތުން ޖެއްސުން ކުރަމުން ދާކަމަށް'' މައުރޫފް ވަނީ ތުޙްމަތު ކުރައްވައިފަ އެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމަންޓްތައް ނެގުމުގެ ފުރިހަމަ ބާރު އޮންނާނީ ސިޓީ ކައުންސިލަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ބާރު އެ ނެގޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކުރި ބޮޑު މުޒާހަރާގައި މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަށް އަޑުއުފުލާފައި ވާތީ މުޅި ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ސަރުކާރުން ވިސްނާ ކަމުގަ އެވެ.
މައުރޫފު ވިދާޅުވީ އޭނާ އެ ގޮތަށް ވިދާޅުވި ނަމަވެސް އެ މައްސަލާގައި ރަސްމީކޮށް ކޮމެންޓެއް ދޭނީ އަދާލަތު ޕާޓީގެ އިލްވުވެރިންގެ މަޖިލީހުން ކަމަށެވެ.