28 Dec 2011, 11:50
ސ. ހުޅުމީދޫގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ޕެކެޓްތަކެއް ގެންގުޅުނު ދެބެން ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު އެ ދެބެއިން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ކުދި ރަބަރު ޕެކެޓުގެ 41 ޕެކެޓާއި ބްލެޓް ސައިޒްގެ ކުޑަ ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ވެސް އެ ކޮޓަރި ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.