01 Jun 2020, 09:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ ސްކޮލަޝިޕް އާއި ހައި އެޗީވާޒް ސްކޮލަޝިޕްއަށް ކުރިމަތިލާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެެވެ.
ރައީސްގެ ސްކޮލަޝިޕް ލިބެނީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން އޭލެވެލް 5 މާއްދާއިން އޭ ސްޓާރ ފާސް ނުވަތަ ޝަހާދަ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެެ.
އެ ސްކޮލަޝިޕްގެ ދަށުން އެ ކުއްޖަކު ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ އެެވެ.
ނަމަވެސް ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ
ޑިގްރީ ފުރިހަމަ ކުރުމަށެވެ. އަދި އެ ސްކޮލަރޝިޕްގެ ދަށުން
ކިޔަވަން ފުރުސަތު ކިޔެވޭނީ ރާއްޖެ، ސާކްގެ ގައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި
އޯއީސީޑީ ޤައުމުތަކުގެ މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނުގައި އެކަންޏެވެ.
ހައިއެޗީވާސް ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޭ ލެވެލް 5 މާއްދާއިން އޭ ފާސް ހޯދައިފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވުން ހިމެނެ އެވެ.
" ދަރިވަރުން މި ސްކޮލަރޝިޕްތަކުގައިބައިވެރިވުމަށްމައި އެޑިއު ޕޯޓަލްމެދުވެރިކޮށް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްތަކާއި ބެހޭ އުސޫލު މިނިސްޓްރީގެވެބްސައިޓުންފެންނާނެއެެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected]އަށެވެ." ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.