Last Updated:
5 year 6 month ago

މިއަދު ކޭސްތައް އިތުރުވީ ފުރަބަންދަށް ލުއިދިނުމަކުން ނޫން: ޑރ. އަފްޒަލް

    ބުލޮގު ޚުލާސާ

    ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    23:03

    މަރިޔަމް ޝަފީގް:އާސަންދަ އަދި އެންސްޕާގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ތިބި 287 މީހަކަށް ފައިސާގެ އެހީ ދެވުނު. މުޅި ޖުމްލަ މިއަދާ ހަމައަށް 2.9 މިލިއަން އާސަންދަ އިން ޚަރަދުކޮށްފިން

    22:48

    މަރިޔަމް ޝަފީގް:އިންޑިއާ އަދި ސްރީލަންކާ އަށް ބޭސްފަރުވާ އަށް ގޮސްތިިބި 114 މީހަކާއި އެމީހުންގެ އެހީތެރިން އާސަންދައިން ވަނީ އަނބުރާ ރާއްޖެ ގެނެސްދީފައި

    22:43

    ޑރ. އިބްރާހިމް އަފްޒަލް:މިއަދު ކޭސްތައް އިތުރުވީ ފުރަބަންދަށް ދިން ލުއިތަކުގެ ސަބަބުން ކަމަށް ނުބުނެވޭނެ

    22:36

    ޑރ. އިބްރާހިމް އަފްޒަލް:މިއަދު ޕޮޒިޓިވްވި 101 ކޭސްގެ ތެރެއިން 79 ކޭސް ފެނިފައި ވަނީ އެއް ކްލާސްޓާ އަކުން.

    22:35

    މުހައްމަދު މަބްރޫކް އަޒީޒް:ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށްފަހު 360 މީހަކު މިހާރު ވަނީ އަނބުރާ ރަށަށް ގޮސްފައި.

    22:32

    މުހައްމަދު މަބްރޫކް އަޒީޒް:ފުރަބަންދާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ދިޔުމުގެ އިންތިޒާމްތައް މި ރާވަނީ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް މަޑުކުރުމަށްފަހު ރަށަށް ދެވޭ ގޮތަަށް. މިގޮތުން މިހާތަނަށް 2711 މީހަކު މިހާރު މިވަނީ އެފަދަ ފެސިލިޓީތަކަށް ގެންދެވިފައި. މިއަދު 94 މީހަކު ވަނީ މީގެތެރެއިން ގެންދެވިފައި.

    22:30

    މުހައްމަދު މަބްރޫކް އަޒީޒް:އައިސޮލޭޝަންގައި މިހާރު 1028 މީހުން އެބަތިބި. ކަރަންޓީނު ފެސިލިޓީތަކުގައި 1043 މީހުން އެބަތިބި. ސާމަޕަލްގެ ނަތީނާ ނެގެޓިވްވުމުން 69 މީހަކު ވަނީ މިއަދު ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލެވިފައި.

    22:26

    މުހައްމަދު މަބްރޫކް އަޒީޒް:އިއްޔެގެ ކޭސްތަކަށް ބަލާލާއިރު މި ފާހަގަ ކުރެވެނީ ހުރި ކޮންޓެއިމެންޓް ސައިޓްތަކުން (ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން) 13 މީހަކު ޕޮޒިޓިވްވެފައިވާކަން. އަދި ދެން ހުރި ކްލާސްޓާތަކުގެ ތެރެއިން ބިދޭސީންނަށް ބަލާލާއިރު، 79 މީހަކު ކްލާސްޓާތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ކޭސްތައް. އަދި އެކަކު އެއީ އިންޑިޕެންޑަންޓް ކޭސްއެއް. ދިވެހީންގެ އަދަދަށް ބަލާލާއިރު، ހަތް މީހަކު ކްލާސްޓާތަކުގެ ތެރެއަށް ފެތޭ. ހަތް މީހަކު އިންޑިޕެންޑެންޓް، އެއްވެސް ކްލާސްޓާއަކަށް ނުފެތޭ.

    22:25

    މުހައްމަދު މަބްރޫކް އަޒީޒް:މިވަގުތު ހޮސްޕިޓަލްގައި ތިބި މީހުންގެ އަދަދަށް ބަލާލާއިރު، ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު 13 މީހަކު އެބަތިބި. މީގެތެރެއިން ދެ މީހެއް އައިސީޔޫގައި. ބާކީ ތިބި މީހުން ހަމަ ޓްރީޓޮޕް ހޮސްޕިޓަލްގެ ވޯޑްގައި

    މުހައްމަދު މަބްރޫކް އަޒީޒް:ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިވާ އަދަދަކީ ޖުމްލަ އަދަދަކީ 1132 މީހުން. އަދި މިކަމާ ގުޅިގެން 470 ތަނެއް މިހާރު ހުރީ މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި.

    22:21

    މުހައްމަދު މަބްރޫކް އަޒީޒް:މިބައްޔަށް ބޭސްކުރެވެމުންދާ މީހުންގެ އަދަދަކީ 1313. ބައްޔަށް ބޭސްކުރަމުންދާ މީހުންގެ ތެރެއިން ﷲގެ ރަހުމަތުން މިބަލިން ޝިފާ ލިބިފައިވާ މީހުންގެ އަދަދު މިވަނީ 453 އަށް އަރާފައި. އެއީ ރޭގެ އަދަދަށްވުރެ 52 އިތުރު އަދަދެއް.

    22:18

    މުހައްމަދު މަބްރޫކް އަޒީޒް:މިއަދު އެކި ލެބޯޓަރީތަކުން ލިބިފައިވާ ނަތީޖާތައް 6:00އާ ހަމައަށް ބަލާއިރު، ޖުމްލަ 678 ނަތީޖާ އެއް އަޅުގަނޑުމެންނަށް ލިބިފައިވޭ. މީގެތެރެއިން އަޅުގަނޑު މި ފާހަގަކުރި 101 ޕޮޒިޓިވް ކޭސްއަކީ ރޭގަ ސުންގަޑިން ފެށިގެން މިރޭގެ 6:00 އާ ހަމައަށް ލެބް ރިޒަލްޓްތަކުން ފެންނަންހުރި ކޭސްތައް.

    22:12

    މުހައްމަދު މަބްރޫކް އަޒީޒް:ރޭގެ ޕްރެސް އިން ފެށިގެން މިރޭގެ 6:00އާ ހަމައަށް ނެގިފައިވާ ސާމްޕަލްތަކުގެ އަދަދަކީ 476 ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދަކީ 101. ނަތީޖާ ނުލިބި މިވަގުތު ލެބޯޓަރީގަ ހުރީ 502 ސާމްޕަލް.

    22:04

    މުހައްމަދު މަބްރޫކް އަޒީޒް:މީގެފަހުން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ ތަނީޖާތައް އާންމު ކުރާނީ ހަވީރު 6:00 ގެ ފަހުން. ނަތީޖާތައް އާންމު ކުރަން ނިންމާފައި ވަނީ ދުވާލަކު އެއްފަހަރު