31 May 2020, 21:22
ނ. ވެލިދޫގައި ހަރަކާތްތެރިވާ ކުޑަކަންމަތީ ނިއު ޖެނެރޭޝަން (ކޭއެންޖީ)ގެ ފަރާތުން އެ އަތޮޅުގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަކަށް މިރޭ ޖާފަަތެއް ދީފިއެވެ.
ކޮރޯނާ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހިދުމަތްދެމުންދާ އެ ކަރަންޓީނު ފެސިލިޓީ ހުންނަނީ ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސަން ޝިޔާމް އިރުފުށި ރިސޯޓްގައެވެ. މިއީ މުޅި އެ އަތޮޅުގައިވެސް ހުންނަ ހަމައެކަނި ކަރަންޓީނު ފެސިލިޓީވެސް މެއެވެ.
ކުޑަކަންމަތީ ނިއު ޖެނެރޭޝަން (ކޭއެންޖީ)ގެ ރައީސް މުހައްމަދު ފަވާޒް މިރޭ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ޖާފަތް ދީފައިވަނީ އެ ރަށުގެ ރައްޔިތުންގެ ނަމުގައި ކަމަށެވެ.

ވެލިދޫން އިރުފުށި ކަރަންޓީނަށް ޖާފަތް ހިފައިގެން ލޯންޗްގައި-- ފޮޓޯ: ކޭއެންޖީ
އެ ކަރަންޓީނު ފެސިލިޓީގައި މިހާރުވެސް 240 މީހުން އެބަތިއްބެވެ.
"މިއީ ކޭއެންޖީއާއި އެނެކްސް މޯލްޑިވްސް އަދި ކޮންކޯޑް މޯލްޑިވްސް ގުޅިގެން ދިން ޖާފަތެއް. ދެން އެނެކްސްގެ ސްޕީޑް ބޯޓެއްގައި ޖާފަތް ގެންދިޔައީ." ފަވާޒް ވިދާޅުވިއެވެ.
މިރޭ ދިން ޖާފަތުގައި ފްރައިޑް ރައިސްއާއި ޑެވިލް ޗިކަންއާއި ހަލުވިދާއާއި އަދި ފެނާއި ޖޫސް ފަދަ ކާބޯތަކެތި ވަނީ ފޯރުކޮށްދީފައެވެ.