31 May 2020, 18:36
އައްޑޫ ސިޓީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހަ މަސް ދުވަހަށް ކުލި ފަސްކޮށްދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މުއްދަތުގައި ކުލީ ބިންތަކުގެ އެއްބަސްވުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ހަ މަސް ދުވަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ކުލީ ބިންތަކުގެ އެއްބަސްވުމުގައި ބުނެވިދިޔަ މުއްދަތުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް މެއިލްގެ ޒަރިއްޔާއިން ހުށަހެޅުމަށް ވަނީ އަންގައިފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުންތައް ހުށަހަޅަންވާނީ ސިޓީއަކާއި ކުލީބިމުގެ އެއްބަސްވުމުގެ ކޮޕީއަކާއި އެކު[email protected]އަށް ކަމަށް އިއުލާނުގައިވެއެވެ.