31 May 2020, 17:51
އަސްކަރީ ތަމްރީނެއްގައި ޖޫން މަހުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހު، ސ. ގަން ޓްރެއިނިންގ ސެންޓަރުގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް ނިންމާފައިވާ އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖޫން ދެވަނަ ދުވަހާއި ޖޫން ތިން ވަނަ ދުވަހުގެ ރޭ 18:00 އިން 23:59 އަށް ގަން ޓްރެއިނިންގ ސެންޓަރުގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ތަމްރީނުތަކުގައި ސ. ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖުން ހުޅަނގު ދެކުނަށް ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ އޭކޭ ސީރީޒްގެ ރައިފަލް، މެޝިންގަން އަދި ފްލެޔާސް ކަމަށެވެ.
ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރަން ހަމަޖެހިފައި ވަނ 5400 މީޓަރު ދުރުމިނަށާއި 200 މީޓަރު އުސްމިނުގައެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލް އެވެ.
ވީމާ، ސ. ގަން ހުޅަނގު ދެކުނުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.