31 May 2020, 17:52
ހާއްސަ ހުއްދަ ދޫކުރެވިފައިވާ މީހުންނަށް އަމާޒުކޮށް މާލެއާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން ޓިކެޓު ބޭނުންވާނެ ކަަމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ބުނެފިއެވެ.
މާލެ ސިޓީ ފުރަބަންދުކުރުމާ ގުޅިގެން ހާއްސަ ހުއްދަ ދޫކުރެވިފައިވާ މީހުންނަށް އަމާޒުކޮށް މާލެއާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.
ހާއްސަ ހުއްދަ ލިބޭ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުން ހިމެނެއެވެ.
އޭގެ އިތުރުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތަކުގެ މީހުންވެސް ހިމެނެއެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން މިއަދު ބުނީ އެފަރާތްތަކަށް މީގެކުރިން ބަހުގެ ހިދުމަތް ދެމުން ދިޔައީ ހިލޭ ކަމަށެވެ. އެހެން ނަމަވެސް ޖޫން އެއްވަނަ ދުވަހުން ފެށިގެން ބަހުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެސް ހިދުމަތް ދޭނީ ބަސް ކާޑު މެދުވެރިކޮށް ޓިކެޓް ނަގައިގެން ކަމަށެވެ.
ބަސް ދަތުރުތަކުގެ ގަޑިތައް
ހުޅުމާލެ -މާލެ - ހެނދުނު 06:45 - 08:30
ހުޅުމާލެ - ހެނދުނު 09:00
މާލެ - ރޭގަނޑު 22:00
ހުޅުމާލެ - 22:30 އިން 00:30 އަށް