31 May 2020, 08:46
ކޮވިޑް -19 ޖެހޭ މީހުންގެ ތެރެއިން ހަކުރު ބަލި ހުންނަ ކޮންމެ ދިހަ މީހަކުން އެކަކު މަރުވާކަމަށް ދިރާސާއެއްގައި ބުނެފިއެވެ.
ފްރާންސްގެ ހެދި އެ ދިރާސާ މިހާރު ވަނީ އެގައުމުގެ ޑައިބެޓަލޮޖިއާގައި ޝާއިއުވެސްކޮށްފައެެވެ. އެ ދިރާސާގައި ބުނީ ކޮވިޑްގެ ޖެހިގެން ނުރައްކާވާ މީހުންގެ ތެރޭގައި ހަކުުރު ބަލި ހުންނަ މީހުން ހިމެނޭ ކަމަށެވެ.
އެ ދިރާސާއެއްގައި ބުނީ ހަކުރު ބަލި ހުންނަ މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކު ކޮވިޑް ބަލީގައި ހަފްތާއެއްގެ ތެރޭގައި މަރުވާ ކަމަށެެވެ. އަދި ކޮންމެ ފަސް މީހަކުން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭންވެސް ޖެހޭ ކަަމަށް ވަނީ ބުނެފައެެވެ.
ފްރާންސްގެ 53 ހޮސްޕިޓަލަކުން 1300 މީހަކު ބައިވެރިކޮށްގެން ކުރި އެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މާޗް 10 އަކުން އެ މަހުގެ ނިޔަލަށެވެ.
އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރޭގައި ޓައިޕް 1 ޑައިބެޓިކް، 89 ޕަސެންޓް ހުރިއިރު ޓައިޕް 2 ޑައެބެޓިކް ތިން ޕަސެންޓް މީހުން ހުއްޓެވެެ. އެ ދިރާސާގައި ބައިވެރިވި ގިނަ މީހުންނަކީ ފިރިހެނުން ކަމުގައިވާއިރު އެވްރެޖް އުމުރު އުޅެނީ 70 އަހަރުގައެެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ހަކުރު ބަލި ވަރަށް ބޮޑަށް ހުންނަ މީހުން ހަފްތާއެއްގެ ތެރޭގައި މަރުވުުގެ ފުުރުސަތު ދެ ގުނަ ބޮޑު ކަމަށެވެ.
އުމުރު ފުރައަށް ބަލާލާއިރު 55 އަހަރުން މަތީގެ މީހުންނަށްވުރެ 75 އަހަރުން މަތީގެ މީހުން މަރުވުމުގެ ފުރުސަތު 14 ގުނަ ބޮޑުކަމަށް ވަީ ބުނެފައެެވެ. އަދި 55 އަހަރުން މަތީގެ މީހުންނަށްވުރެ 65 އަހަރާއި 75 އަހަރުން މަތީގެ މީހުން މަރުވުމުގެ ފުރުސަތު ތިން ގުނަ ބޮޑުކަމަށް ވަނީ ބުނެފަ އެވެ. -- ސީއެންއެން