30 May 2020, 19:56
ބައެއް ހިދުމަތްތައް ދިނުމަށްޓަކައި ފެށޭ ހަފުތާގެ ތިން ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކު ހުޅުވަން ނިންމައިފި އެވެ.
އެމްއައިބީން ބުނީ ފެށޭ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެ ބޭންކު ހުޅުވާނެ ކަމަށެވެ. މި ތިން ދުވަހު ވެސް އެމްއައިބީން ހިދުމަތް ދެމުންދާނީ ހެނދުނު 9:30 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.
އެ ތިން ދުވަހު އެމްއައިބީން ފޯރުކޮށްދޭ ހިދުމަތްތައް
މެއިން ބްރާންޗުގެ އޭޓީއެމް ލޮބީގައި ހުންނަ ކޭޝް ޑިޕޮސިޓް މެޝިނުން ފައިސާ ޖަމާކުރުން
- ޑްރޮޕްބޮކްސް މެދުވެރިކޮށް ޗެކް ކްލިއާކުރުން
- ނަގުދު ފައިސާ ނެގުމާއި ޖަމާކުރުން (500،000ރ އިން މަތިން، ކުރިން އެޕޮއިންޓްމަންޓް ހަދާފައިވާ ފަރާތްތަކަށް)
- މުސާރަ ޖަމާކުރުން
- ފަންޑު ޖަމާކުރުން
- ޓީޓީ އަދި އެލްސީ ހެދުން (ބޭރުގެ ބޭންކްތަކަށް އޮންލައިންކޮށް)
- އިންވާޑް ރެމިޓެންސް
ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން މުސާރައާއި ފަންޑު ޖަމާކުރާ ކަސްޓަމަރުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ފޮނުވަން ޖެހޭނީ އެމްއައިބީގެ އީމެއިލް[email protected]އަށެވެ. އަދި ހުޅުމާލެ ބްރާންޗުން ނަގުދު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ހޯދާ ކަސްޓަމަރުން މެއިލް ކުރާނީ[email protected]އަށެވެ.
މެއިން ބްރާންޗުގެ ނަންބަރު 3011104 އަދި ހުޅުމާލެ ބްރާންޗުގެ ނަންބަރު 3011115 އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.
އެމްއައިބީން ބުނީ ހިދުމަތް ދޭ ދުވަސްތަކުގައި ބްރާންޗުގެ ތެރެއަށް ވަނުމުގެ ހުއްދަ ލިބޭނީ ކުރިން އެޕޮއިންޓްމަންޓް ހަދާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ހިދުމަތް ހޯދަން އަންނައިރު މާސްކު އެޅުމަށާއި ގައިދުރުކުރުމުގެ އާދަތަކަށް ސަމާލުކަން ދިނުމަށް ވެސް އެމްއައިބީން އިލްތިމާސްކުރެ އެވެ.