ކޮންޓޭނާ އުފުލަން ގެންގުޅޭ ލޮރީއެއް، އަމީނީމަގުން މައްޗަންގޮޅި ވިލީފުލުސް ކުރިމަތީގައި ހުރި ބޮޑު އޮފިއެލޭ ގަހެއް މިއަދު މުލުން ލުހެލައިފި އެވެ.

މަންޒަރުދުށް މީހަކު ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮންޓޭނަރު ލޮރީގެ ފަހަތުގައި ގަސް އަޅައިގަނެ، ގަސް ރަނގަޅަށް އެލޮރީ އަށް މެހުނީ ކަމަށާއި އެ އާއެކު ވެސް ލޮރީ ކުރިއަށްދާން ހިފުމުން ގަސް މުލުން ލުހުނީ ކަމަށެވެ. ނަމަވެސް ފަހުން ލޮރީގެ ފުރޮޅުތަކުގެ ތެރެއަށް ގަހުގެ ގޮފިތައް ވަދެ، ލޮރީ ހައްޔަރުވި ކަމަށް ވެސް އޭނާ ބުންޏެވެ.
މަންޒަރުދުށް މީހާ ބުނީ އެންމެ ފަހުން ލޮރީ ސަލާމަތް ކުރަން ޖެހުނީ ގަހުގެ އެކި ގޮފިތައް ވަކިވަކިން ކޮށައިގެން ކަމަށެވެ.

މުލުން ލުހުނު ގަސް ކޮށައި އެގަސް އެތަނުން ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން ދަނިކޮށް ސަންގެ ރިޕޯޓަރުންނަށް ވެސް ވަނީ ފެނިފަ އެވެ.

ފުލުހުން ބުނީ މި ރޭ އިރުއޮއްސުނު ވަގުތު އެފަ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.