އިސްރާއިލްގެ ގައުމީ އެއާލައިން "އެލްއާލް" ރާއްޖެ އަށް ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަ ސަރުކާރުން ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމް ވިދާޅުވެއްޖެ އެވެ.

އާދިލް މިއަދު ވިދާޅުވީ ވަކި ގައުމެއް ތަފާތުނުކޮށް ކޮންމެ ގައުމެއްގެ އެއާލައިނެއް ވެސް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ ގާނޫނުން ދީފައިވާ ކަމަށާއި އިސްރާއިލްގެ ބޯޓް ޖެއްސުމުގެ ހުއްދަ އަށް އެފަރާތުން އެދިފައި ވާތީ އެ ހުއްދަ ދެއްވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މީހާރު ނިމިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އެއާލައިނެއް ވެސް ރާއްޖެ އައުމަށް ބޭނުންވާ ޝެޑިއުލެއް ފޮނުވަން ޖެހޭ ކަމަށާއި އެ ޝެޑިއުލް "އެލްއާލް" އެއާލައިނުން ފޮވުމާ އެކު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ދެއްވާނެ ކަމަށާއި އަދި މިހާތަނަށް އިޒްރާއިލްގެ އެއާލައިނުން ޝެޑިއުލް ފޮނުވާފައިނުވާ ކަމަށް ވެސް އާދިލް ވިދާޅު ވިއެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ މިމަގާމުގައި ހުރެފައި ވަކި ގައުމެއްގެ އެއާލައިން ނުޖެއްސޭނެ ކަމަށް ބުނެ ވަކި ގައުމެއް ވަކި މީހަކު ތަފާތުކުރާކަށް. ތަފާތު ކޮށްފި ނަމަ އަޅުގަނޑު ކޮރަޕްޓް މީހަކަށް ވާނެ ނޫންތޯ، އަޅުގަނޑު މިދަނީ އަޅުގަނޑުގެ މެންޑޭޓާ އެއްގޮތަށް ކުރިއަށް،"

އާދިލް ވިދާލުވީ އިސްރާއިލްގެ ފްލައިޓް ރާއްޖޭގައި ޖައްސަން ހުއްދަ ނުދެވޭނެ ދެގޮތެއް އޮތް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލިހުން އިސްރާއިލްގެ ފުލައިޓްތައް ނުޖެއްސޭނެ ފަދަ ގޮތަށް ގާނޫނެއް ފާސްކުރުމާއި އެ ފުލައިޓުން ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތަކުން ހަދާފައިވާ ބުކިންސްތައް ކެންސަލްކުރުން ކަމަށެވެ. "ބުކިންސް ހަދާފައި ވަނި ރާއްޖޭގެ ދެ ރިސޯތަކަށް އަންނަ ފަތުރުވެރިން ގެނައުމަށް ވިލާގެ ޕެރަޑައިސުންނާއި އިނާ މޯލްޑިވުސް އިން ހަދާފައިވާ ބުކިންސްތައް ކެންސަލް ކުރަންވީ ނޫންތޯ، އޭރުން އަންނާނެ މީހަކު ނުވާނެ،"

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގައި ވެސް އިޒްރާއިލްގެ ފުލައިޓް ޖައްސަން ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހުގައި ގައުމީ ސަލާމަތުގެ ކޮމިޓީން ސުވާލުކުރީ މިހާތަނަށް އިސްރާއިލްގެ އެއްވެސް މަތިންދާ ބޯޓެއް ޖެއްސުމަށް ހުއްދަ ދެއްވިންތޯ؟ އަޅުގަނޑު ދެންނެވިން މިހާތަނަށް ހުއްދަ ދެއްވާފައިނުވާނެ ކަމަށް. ދެން ސުވާލު ކުރީ ހުއްދަ ދޭން ގަސްތުކަރައްވަންތޯ؟ އަޅުގަނޑު ދެންނެވިން އާދެހޭ ހުއްދަ ދޭންޖެހެއޭ. އެކަން ހުއްޓުވޭނެ ޕްރޮސީޖާއެއް ނެތުމުންނޭ ހުއްދަ ދިނީ ،" އާދިލް ވިދާޅުވި އެވެ.

އިޒްރާއިލްގެ ފުލައިޓް ޖައްސާ ނަމަ ސަލާމަތަށް ނުރައްކާވަނެ ކަމެއް ހިންގައިފާނެ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން އާދިލް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަކީ ގައުމީ ދިފާއީ ބާރުންކުރައްވާ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށެވެ.

އެއްވެސް ގާނުނެއްގައި ވަކިބަޔަކު ތަފާތުކުރުމަށް ނެތް އިރު ވަކިބަޔަކާ މެދު ތަފާތުކޮށް އިސްރާއިލްގެ ފުލައިޓް ޖައްސަން ހުއްދަ ނުދީފި ނަމަ މަޖިލިހުގައި އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނަގައިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްރާއިލްގެ ފުލައިޓް ޖައްސަން ހުއްދަ ނުދޭވޭނެ ގޮތެއް އޮތްތޯ ވަރަށް ބޮޑަށް އަޅުގަނޑު ބަލައިފިން. އެކަލަ އެއްވެސް ގޮތެއް ނުފެނުނު، ހަމައެކަނި އޮތް ގޮތަކީ މަޖިލިހުން ގާނޫނެއް ފާސްކުރުން ގަދަފައި އަޅާފައި މާފޯރިއެއް އަރުވާފައި މިކަން ކުރާކަން އަޅުގަނޑެއް ނޫޅެމު. މިއެއާލައިނެއް އަންނަ ވާހަކަ ދައްކާތާ މިހާރު އަހަރެއް ވަރު ވެއްޖެ. އެމީހުންނެއް ވެސް މި ޕޮރޮސެސްއެއް ނުއެއް ނިންމި ވަރަށް މަޖާކޮށް ދެއްކޭ ވާހަކައެއް ގޮތަށް މިވާހަކަ މިއޮއްދައްކަނީ،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އިސްރާއިލްގެ ފުލައިޓް ޖައްސަން ދިވެހި ރައްޔިތުން ބޭނުން ނުވާ ނަމަ މިހާރުން މިހާރަށް ވެސް ގާނޫނެއް ފާސްކޮށްފި ނަމަ އެމަނިކުފާނު އެކަން ވަގުތުން ހުއްޓާވާލައްވާނެ ކަމަށެވެ.

ކުރިން ސަރުކަރުން ބުނެފައި ވަނީ މި މަހުގެ ތެރޭގައި ރާއްޖެ އުދުހުމުގެ ހުއްދަ އަށް އެލްއަލް އިން ހުށަހެޅީ މި އަހަރުގެ މޭ މަހުގެ ތެރޭގައި ކަމަށެވެ.

ލިޔުމާ ގުޅޭ އޮޑިއޯ

Adhil Saleem (mp3)