Last Updated:
5 year 6 month ago

ގަވާއިދާ ޚިލާފުވި ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅަން ފުލުހުން އެދިއްޖެ

    ބުލޮގު ޚުލާސާ

    މޯލްޑިވްސް ޕޮލިސް ސާވިސް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    23:24

    ވިޔަފާރީގެ ކަންކަމާ ގުޅިގެން ސަތާރަ ހާހެއްހާ ބޭފުޅުންނަށް ވަނީ ހުއްދަ ދެވިފައި: އަބްދުﷲ ފައިރޫޝް

    23:23

    ވަރަށް ގިނަ ފަރާތްތަކަށް ލުއިތަކެއް ލިބިގެން މީހުން ގިނަވީމަ ހިނގާ އެކި ހާދިސާތަކާ ކަންތައްތައް ހިނގުމުގެ ފުރުސަތު ވެސް އޮތީމަ އެކަންކަމަށް ވީހާވެސް އަވަހަކަށް އެޓެންޑް ކުރުމުގެ ބޭނުމުގައި މިހާރުވެސް މަސައްކަތް މިކުރަނީ: އަބްދުﷲ ފައިރޫޝް

    23:16

    އެކި ގޭގެއިން އެގޭގެ ބޭނުންތަކަށް ނުކުތުމަށް މިހާރުވެސް ގާތްގަނޑަކަށް ދަންނަވަންޏާމު 31،000 މީހުންނަށް ވަކިން ހުއްދަ ދެވިފަ އެބައޮތް. އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަށް އަޅުގަނޑުމެން މިބަލަނީ މާލޭގައި ސާޅީހަކަށް ހާސް މޫވްމެންޓް ހިނގާނެ ކަމަށް އެކި މީސް މީހުންގެ. ކުރިންވެސް މަގުމަތި ބެލެހެއްޓުމުގެ ކަންތައް ކުރިއަށް ގެންދިޔަ ބީދައިން މިހާރުވެސް ކުރިއަށްގެންދާނެ. ލޮކްޑައުން އީޒް ކުރެވުނަސް ފުލުހުންގެ މަސައްކަތަކަށް ބަދަލެއް ނާންނާނެ: އަބްދުﷲ ފައިރޫޝް

    23:14

    މިހާރު މިދިން ލުއިތަކުގެ ތެރޭގައި ފަރުމަހަށް ދިޔުމާއި މަސް ދަތުރުތައް ދިޔުމާއި މިކަހަލަ އެއްވެސް ކަމެއް ނުހިމެނޭ: ޝަމާއު ޝަރީފް

    23:07

    ކޮންމެ ޓެކްސީ ސެންޓަރެއްގަވެސް އެބައޮވޭ ޒިންމާއެއް. އެ ސެންޓަރަކުން ދަތުރުކުރާ މީހުންގެ މައުލޫމާތު އެބަޖެހޭ ބަލަހައްޓަން: އަބްދުﷲ ފައިރޫޝް

    23:01

    ގަވާއިދާ ޚިލާފަށް މަސައްކަތް ކޮށްފައިވާ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީއަަށް ފޮނުވައިފިން: އަބްދުﷲ ފައިރޫޝް

    22:59

    60 އަހަރުން މަތީގެ ބޭފުޅުންނަށް މިހާރު ނުކުމެވޭގޮތަށް ކަނޑައަޅުއްވާފައި މިއޮތީ ހަވީރު 5:00 އިން ރޭގަނޑު 20:00 އަށް. އަޅުގަނޑުމެން ނިންމާފަ މިއޮތީ އެގަޑީގަވެސް ނުކުމެވޭނީ ފުލުހުންގެ ހުއްދައެއް ލިބިގެން ކަމަށް: އަބްދުﷲ ފައިރޫޝް

    22:57

    ކޮންމެ ޓެކްސީ ސެންޓަރަކަށް ދޫކުރެވިފައި ވަނީ 6 ޕާމިޓް. އެއިން އެއްވެސް ޕާމިޓެއް ކެންސަލް ވެގެން ނުދާނެ: އިސްމާއީލް ނަވީން

    22:55

    އަޅުގަނޑަށްވެސް ފާހަގަކުވިގެންދިޔަ ޓެކްސީގެ ކުރީގަ އިންނަ ޑްރައިވަރާއި ފަހަތުގައި ތިބޭ ފަސިންޖަރުންގެ ދެމެދަށް ޕްލާސްޓިކް، ފެންނަންޖެހޭނެ، ޕާޓިޝަނެއް ޖަހަން ހެލްތު މިނިސްޓްރީން މިއަދު ވަނީ ފާހަގަކޮށްފައި: އިސްމާއީލް ނަވީން

    22:55

    ފިހާރަތަކާއި އަދި ބަންދު ކުރެވިފައި ހުންނަ ތަންތަނުގައި ޚިދުމަތް ދިނުމުގައި މާސްކު ބޭނުން ކުރަންޖެހޭނެ، އަދި ސޯޝަލް ޑިސްޓެންސިން ވެސް ބަހައްޓަން ޖެހޭނެ: އިސްމާއީލް ނަވީން

    22:53

    ފިހާރަތަކާއި އަދި ބަންދު ކުރެވިފައި ހުންނަ ތަންތަނުގައި ޚިދުމަތް ދިނުމުގައި މާސްކު ބޭނުން ކުރަންޖެހޭނެ: އިސްމާއީލް ނަވީން

    22:47

    ދަތުރުފަތުރުކުރުމުގެ ހުއްދަތަށް ވެސް ދޫކުރާނީ ޕޮލިސްގެ ޕޯޓަލް އިން: އިސްމާއިލް ނަވީން

    ޝަމާއު ޝަރީފް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު

    އެކިއެކި އޮފީސްތައް ހުޅުވުމުގެ ހުއްދަ ނަގަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް އިން: ޝަމާއު ޝަރީފް

    މިއައި ބަދަލަކީ ވިޔަފާރިތަކާ ގުޅުންހުރި ހުއްދަތަށް ދެން ތިބޭފުޅުން ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އިންނަ ޕޯޓަލްއަށް. ދެން އެއަށްފަހު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށްދިޔުމަށްފަހު ޕޮލިސް އިން ޕާމިޓްތައް ދޫކުރަމުން އަންނާނެ.

    ޝަމާއު ޝަރީފް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު

    ކުރީގަ އަމަލުކުރަމުން އައި ގޮތަށް ކުޑަ ބަދަލެއް މިއައީ. މިހާރު ހަމަޖެހިފައިވާ ގޮތް ކުރުގޮތަކަށް ދަންނަވާލާނަން. އިންޑިވިޖުއަލް އެކިއެކި ހުއްދަތަށް މިހާރުވެސް ކުރިއަށްދާނީ ކުރީގަވެސް ކުރިއަށްދިޔަ ގޮތަށް ޕޮލިސްގެ ޕޯޓަލް މެދުވެރިކޮށް. އެއީ ބޭރަށް ނުކުންނަންވީމަ ތި ނަގާ ހުރިހާ ހުއްދަތަށް ވެސް. ކުރީގަ ކުރަމުން އައިގޮތަށް އެއްވެސް ބަދަލެއް ނާދެ. ވަރަށް ސާފުކޮށް އަޅުގަނޑު ބޭނުން ހުރިހާ ބޭފުޅުންނަށް މި މައުލޫމާތު އެނގެން
    22:02

    މާލޭގައި ބޭރަށް ނުތުމަށް ދޭ ހުއްދަތަށް ދެންވެސް ދެމުންދާނީ ޕޮލިސް ޕޯޓަލްގައި ރިކުއެސްޓް ކުރުމުން: ޝަމާއު ޝަރީފް