28 May 2020, 17:52
އައްޑޫ ސިޓީގެ މީދޫގެ އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް މިއަދު ހެނދުނު 10:35 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ހުޅުލޭ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްވެސް މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.
އޭގެ އިތުރުން ލ. އަތޮޅުގައި މަސްތުވެ ހުރެ ގެއަކަށް ވަދެ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފުލުހުން މިހާރު ދަނީ ބަލަމުންގެންދެއެވެ.