28 Jun 2010, 10:20
14:30
ހއ. ބާރަށުގައި ހިނގި ގްރޫޕް މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މެއަށް ވަޅިއެއް ހަރާލައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިނގި އެ މާރާމާރީގައި އެ ރަށު ފަޒާނައިޓް، އިސްމާއިލް މައުމޫނަށް ސީރިއަސް އަނިޔާތަކެއް ލިބުމުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޫނު އެއްޗެއް އޭނާގެ މެއަށް ހަރާލުމުގެ ސަބަބުން އޭނާ ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.