Last Updated:
6 year 6 month ago

މިއަދު 46 މީހަކު ކޮވިޑުން ރަނގަޅުވެއްޖެ

    ބުލޮގު ޚުލާސާ

    ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    22:37

    އަޅުގަނޑުމެންނަށް މިއަދު އަނެއްކާވެސް ޑަބްލިއުއެޗްއޯގެ ފަރާތުން 5000 ޓެސްޓް ކިޓެއް ވަނީ ލިބިފައި. އެ ޓެސްޓް ކިޓްތައް މިހާރު ވަނީ އައިޖީއެމްއެޗާ ހަވާލުކުރެވިފައި

    22:25

    މިއަދު 46 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވޭ. އޭގެތެރޭގައި ހިމެނެނީ 30 ބަންގްލަދޭޝްް މީހުންނާއި ހަތަރު އިންޑިއާ މީހުނާއި 10 ދިވެއްސަކާއި ނޭޕާލް މީހަކާއި ސްރީލަންކާ އެކަކު.

    22:23

    އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ. މިކަމަށް 290،000 ރުފިޔާ ޚަރަދުކޮށްފައިވޭ. އެންސްޕާގެ ޚަރަދުގައި ދިޔަ މީހުންގެ އިތުރުން، އިތުރު 100 މީހަކަށްވެސް އެންސްޕާ އިން އެހީތެރިކަން ފޯރުކޮށްދީފައިވޭ: މަބްރޫކް

    22:23

    ދިރިއުޅޭނެ ތަނެއް ނެތިގެން 90 މީހަކު ސަރުކާރުގެ ބެލުމުގެ ދަށުގައި އެބަތިބި: މަބްރޫކް

    22:22

    ރާއްޖޭގެ ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ. މޮނިޓަރިން އަށް ލައި އާންމު ހާލަތަށް ގެންނަތާ 14 ދުވަސް ފަހުން އެ ރަށްތަކުގައި ވެސް ޖަމާއަތުގައި ނަމާދު ކުރެވޭނެ: މަބްރޫކް

    22:14

    ރާއްޖޭގެ ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ: މަބްރޫކް

    22:13

    ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1،438 އަށް އަރާފައި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވީ 43 ކޭސް އެއް: މަބްރޫކް

    22:04

    ރޭ 10:45 ގައި ހޭނެތިގެން އައިޖީއެމްއެޗަށް ގެންދިޔަ ބަންގްލަދޭޝްގެ ރައްޔިތަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ. އެ މީހާ ވަނީ ނިޔާވެފައި. ދިވެހި އަމިއްލަ ފަރާތަކާ އެކު މަސައްކަތް ކުރަން އުޅޭ މީހެއް. ރޭ 10:00 ގައި ފަރީދީމަގުގައި އުޅޭ ތަނެއްގައި އުޅުނު. ހާޓް ޕޭޝަންޓެއް. މަސައްކަތަށް ނުކުކުންނަތާ ދުވަސްތަކެއް ވެއްޖެ. ދިރިއުޅެމުންދަނީ އިތުރު ބަންގްލަދޭޝްގެ ރައްޔިތުންނާ އެކު: މަބްރޫކް