27 Dec 2011, 13:40
މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި މީހަކު އެއް އަހަރަށް ޖަލަށްލުމަށާއި ފޭރުމުގެ މައްސަލަ އެއްގައި އިތުރު މީހަކު 22 މަސް ދުވަހަށް ޖަލަށް ލުމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ފޭދޫ އިތާމުތްގޭ އިބްރާހިމް އަޝްފާމް މުހައްމަދު 29، ބާވީސް މަސް ދުވަހަށް ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރީ ފޭދޫ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ ބިދޭސީ ޓީޗަރެއްގެ އަތުން މި އަހަރުގެ ކުރީކޮޅު ފައިސާ އާއި ގަހަނާގެ އިތުރުން ބައެއް އިލެކްޓްރޯނިކް ސާމާނު ފޭރިގަތް މައްސަލައިގެ ކުށް ސާބިތު ވެގެނެވެ.
ދެން ހުކުމް ކޮށްފައި ވަނީ ސ. ފޭދޫ އާގޭ، އަހުމަދު ވަހީދު ކިޔާ މީހެއްގެ މައްޗަށެވެ. ވަހީދު ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އެއް އަހަރަށެވެ. އެއީ މަކަރާ ހީލަތް ހަދައި މީހެއްގެ ފޯނެއް ހިފައިގެން ފިލި މައްސަލައިގަ އެވެ.
ފަހަކަށް އައިސް ފޭދޫގައި ވައްކަން ކުރުން ވަނީ އިތުރުވެފަ އެވެ.