27 Dec 2011, 13:34
ވިލިމާލޭ ސަހަރާގައި މަހާނައެއް ކޮނެފައި ހުރެގެން އެކަން ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ވިލިމާލޭގެ ގަބުރުސްތާނުގެ މަހާނައެއް ކޮނެފައި ހުރި ކަމުގެ މައުލޫމާތު އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެނެސްފައިވާ ކަމަށާއި ނަމަވެސް އޭނާގެ ސިކުނޑީގެ އުނިކަމެއް ހުރުމުން އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ.