27 Dec 2011, 13:21
ސަން އޮންލައިންގެ ސްޓާފް ރިޕޯޓަރު މުހައްމަދު ޝާންގެ ލޮބުވެތި ބައްޕަ ޅ. ކުރެންދޫ އާސަމް، އަބްދުﷲ އިބްރާހީމް 47، ވަނީ މިދިޔަ ހުކުރު ދުވަހު މަޣުރިބު ނަމާދު ވަގުތުގައި ކުރެންދޫ މިސްކިތުގަައި ސުންނަތް ނަމާދު ކުރައްވަނިކޮށް ކުއްލި ގޮތަކަށް ނިޔާވެ މިދުނިޔެ ދޫކުރައްވާފަ އެވެ.
ސަންގެ ކުޅިވަރު ނޫސްވެރިޔާ، ޝާން އަށާއި އާއިލާއަށް މިދަނޑިވަޅުގައި ކުމަތިވެފައިވާ ފުން ހިތާމާގައި ސަން އޮންލައިނާއި ސަން މީޑިޔާ ގްރާުޕްގެ މެނޭޖްމެންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާކި އެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށެވެ.
އަބްދުﷲ އިބްރާހީމަކީ ޅ. ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަތުރަސާގެ ދިވެހި އިސްލާމް ޓީޗަރުގެ ގޮތުގައި މަސަައްކަތް ކުރައްވަވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެރަށުގެ ހިދުމަތްތެރި ބޭފުޅެކެވެ.