Last Updated:
6 year 6 month ago

ރިސޯޓަށް ދިޔުމުގެ ކުރިން ފަތުރުވެރިންގެ ގައިގައި ބަލިނެތްކަން ޔަގީން ކުރާނެ: މަބްރޫކް

    ބުލޮގު ޚުލާސާ

    ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    ޑރ. ނަޒްލާ ރަފީގު

    އެންޓިބޮޑީގައި މި ބަލަނީ ދެ އެއްޗަކަށް. އައިޖީއެމް އެންޓިބޮޑީޒް ޕޮޒިޓިވްވަނީ ބަލި ހުންނަތާ 10 ދުވަސް ފަހުން. އޭގެއިން ދައްކައިދެނީ ވަރަށް ފަހުން އެމީހަކަށް ބަލި ޖެހިފައި ހުރިކަން. ދެވަނައަށް އެއްަޗަކީ އައިޖީޖީ. އައިޖީޖީގެ މާނައަކީ އެމީހަކަށް ބަލިޖެހިފައި މިހާރު ރަނގަޅުވެފައޭ އެހުރީ. މިހާރު ހެދި ޓެސްޓުތަކުގެ އެބަހުރި އެންޓިބޮޑީސް. ބައެއް މީހުންގެ އައިޖީއެމް އަދި ވަރަށް ގިނަ މީހުންގެ އައިޖީޖީ އެބަހުރި ކޮންޓެއިންމަންޓް ސައިޓްތަކުގައި ޕޮޒިޓިވްވެފައި އެހެން ނަމަވެސް ކިތައް މީހުންގެ ތޯ ޕޮޒިޓިވްވީ ސާމްޕަލް ނަގަމުންދާ ހުރިހާ ތަންތަނުން ސާމްޕަލް ނެގުނީމަ ޕަސެންޓޭޖެއް ހާމަ ކުރާނަން. ޕީސީއާރްއަކީ ބަލި ޖެހިފައި ރަނގަޅުވެފައި ތިބި މީހުން ދެނެގަންނަން ރަނގަޅު ޓެސްޓެއް ނޫން އެހެންވެ އެންޓިބޮޑީ ޓެސްޓު ކުރަނީ
    ޑރ. ނަޒްލާ ރަފީގު

    މިހާރު ތައްޔާރުވަމުން މިދަނީ ގިނަ މީހުންނަށް ފަރުވާ ދެވޭނެ ފެސިލިޓީތައް ގާއިމުކުރަން. އައިސީޔޫ ފެސިލިޓީތަކާއި އިތުރަށް އެޑްމިޓް ކުރަން ޖެހޭ މީހުން ބައިތިއްބާ ފެސިލިޓީތަކާއި އެޑްމިޓް ކުރަން ނުޖެހޭ މީހުން އައިސޮލޭޓް ކޮށްފައި ހަމައެކަނި ވަކިން ތިބެވޭނެ އިންތިޒާމު ހަމަޖައްސަމުން މިދަނީ. މި ބަލަނީ ލޮކްޑައުން ރިލީޒްކުރުމާއެކު ވެސް ބަލި ކުއްލިއަކަށް ފެތުރިގެން ނުދާ ގޮތަކަށް ފިޒިކަލް ޑިސްޓެންސިންފަދަ ކަންކަން ހިމަނައިގެން ހުޅުވާލެވޭތޯ
    22:49

    އެއްވަނަ ފިޔަވަހީގައި ހުޅުވާލާއިރު އޮފީސްތަކުގެ މަސައްކަތް ވަރަށް ހަނިކޮށް ހުޅުވާލެވޭނީ ނުވަތަ ޕްރައިވެޓް އޮފީސްތައް ނުހުޅުވާނެ. މި ދެގޮތުން ކުރެ ގޮތެއް ފައިނަލްކުރަން މަސައްކަތް ކުރަނީ: މަބްރޫކް

    22:47

    މިދިޔަ 48 ގަޑިއިރުގެ ތެރެއިން ފެނުނު 82 ކޭސްތަކުގެ ތެރެއިން 69 ކޭސްއަކީ ކުރީގެ ކޭސްތަކުގެ ކޮންޓެކްޓްސް، ހަ މީހުންނަކީ ކޮންޓެއިންމަންޓް ސައިޓުން، ހަތް މީހުންނަކީ އިންޑިޕެންޑެންޓް ކޭސްތަކެއް: މަބްރޫކް

    22:46

    ފިލައިގެން އުޅޭ ބިދޭސީ މީހާ އަދިވެސް ނުފެނޭ. އެޗްޕީއޭގެ ޓީމުން ބުނާ ގޮތުގައި ޕޮލިހުން، އެމީހާ ނުފެނުކަމަށް އަދި އެމީހާ ހޯދަން އެމީހާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މުހިންމުކަމެއް ކަމަށް ލަފާ ދިނީމަ އެކަން ކުރާނެ: މަބްރޫކް

    22:44

    ރާއްޖެއިން ކޮވިޑްޖެހިގެން މަރުވި އަންހެން މީހާގެ މައްސަލާގައި، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް އިންޓާނަލް ތަހުގީގުން ލަފާދީފައެއްނުވޭ: ޑރ. ނަޒްލާ

    ޑރ. ނަޒްލާ ރަފީގު

    އެންޓިބޮޑީ ޓެސްޓުކުރަނީ ބަލި ހުރިތޯ ބެލުމަށްވުރެ ބޮޑަށް، ކުރިން ބަލި ޖެހި، އިމިއުނިޓީ ލިބިފައިވާ މީހުން ހޯދަން. ކުރިން އެކަން ފެށީ ކޮންޓެއިންމަންޓް ސައިޓުތަކުގައި. އެއީ ވަރަށް ގިނަ މީހުން އުޅޭ ތަންތަނަށް ވުމުގެ އިތުރުން އެތަނުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ހުރުމާއެކު އަލާމާތްތަކެއް ނެތި ވެސް ބަލި ޖެހިފައި ތިބި މީހުން އެތަންތަނުގައި ތިބެދާނެ
    22:37

    2019ގެ ޑިސެމްބަރުގައި ބަލި ފެތުރެން ފެށި ކަމާ މެދު ޔަގީންކޮށް ނޫނެކޭ ނުބުނެވޭނެ އެކަމަކު އެ ފުރުސަތު ކުޑަ. އެހިސާބުން ފެށިގެން ބަލި އުޅުނުނަމަ ކޮމިިއުނިޓީ ކޭސްތައް ފެންނަން ފަށާނެ: ޑރ. ނަޒްލާ

    22:34

    ތައިލެންޑުގައި ތާށިވެފައި ތިބި 26 ދިވެހީން ރާއްޖެ އަތުވެއްޖެ

    22:29

    މާލެއިން ރަށަށް ގެންދިޔުމަށްޓަކައި ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔަ މީހުންގެ ޖުމުލަ އަދަދަކީ 2053. އޭގެ ތެރެއިން 115 މީހުން ގެންދިޔައީ މިއަދު

    22:28

    ފަތުރުވެރިކަން ހުޅުވާލުމުމުން، ރިސޯޓަކަށް ފަތުރުވެރިޔަކު ދިޔުމުގެ ކުރިން އެމީހެއްއްގެ ގައިގައި ކޮވިޑް ނެތްކަން ކަށަވަރުކުރާނެ: މަބްރޫކް

    22:23

    ތިން ފިޔަވައްސަކަށް ބަހާލައިގެން ލޮކްޑައުން ނަގަނީ. ފުރަތަމަ ފިޔަވަހީގައި އެއް މަސް ވަރު ވާނެ: މަބްރޫކް

    ޑރ. ނަޒްލާ ރަފީގް

    ހެރެތެރެ އަދި ފުރަވެރީގެ ކަރަންޓީނުން ދޫކޮށްލަން ޖެހޭ މީހުންގެ ސާމްޕަލް ނެގުން ލަސްވާކަމަށް ފާހަގަކުރެވިފައި ވަނީ. ހެރެތެރެއިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިއްޖެ. މާދަމާ ރިސަލްޓްއަށް ބެލުމަށްފަހު ދޫކޮށްލަން ޖެހޭ މީހުން ދޫކޮށްލާނެ. ފުރަވެރީގައި ސާމްޕަލް ނެގީ މިއަދު
    22:21

    މަޖިލިސް ކުރިއަށް ގެންދިޔުމުގައި އެންއީއޯސީއާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ: މަބްރޫކް

    22:16

    ލޮކްޑައުންގެ ގަވާއިދާ ހިލާފުވެގެން 10 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި. އަދި 92 މީހަކު ވަނީ ޖޫރިމަނާކޮށްފައި

    22:15

    ރާއްޖެއިން މިއަދު ޗައިނާއަށް 266 މީހަކު ދަތުރުކޮށްފައިވޭ. އެއީ ވޫހާން އާއި ޒެންޒޯ އަށް ދިޔަ ފަރާތްތައް: މަބްރޫކް

    22:15

    ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން މިހާރު 254 ކޮންޓެކްޓް ޓްރޭސިން ހެދިފައިވޭ: މަބްރޫކް

    22:07

    ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު 10 މީހަކު ރަނގަޅުވެއްޖެ. މިއާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު މިވަނީ 150 އަށް އަރާފައި