27 Dec 2011, 12:04
ރައްޔިތުންގެ މަޖިލީހުގެ މާމިގިލިލީ ދާއިރާގެ މެންްބަރު ގާސިމް އިބްރާހިމްގެ އެއާލައިން "ފްލައިމީ"ގެ ދަތުރުތައް ސަސްޕެންޑް ކުރުމަށް ފަހު، 24 ގަޑި އިރު ނުވަނީސް އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ އަލުން ދީފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމު މިއަދު ވިދާޅުވީ އެއާލައިންގެ މެނޭޖްމަންޓް އޮޑިޓެއް ރެއިން ރެއަށް ކުރުމަށް ކުރުމަށް ފަހު "ވަޒީރަށް އެ އެއާލައިނުން ދަތުރު ކުރުމުގެ އިތުބާރު ދެވުމުން" އަލުން އޮޕަރޭޝަން ފެއްޓުމުގެ ހުއްދަ ދެއްވީ ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ ފްލައިމީގެ ދަތުރުތައް ސަސްޕެންޑް ކުރުމަށް ފަހު ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ބަންދު ގަޑީގައި މަސައްކަތްކޮށްގެން އަލުން ހުއްދަ ދެއްވީ އެކަމުގެ ސަބަބުން ބައެއްގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ބެއްލެވި އިރު ތިން ކަމެއް ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އަލުން ފްލައިމީގެ ދަތުރުތަކަށް ހުއްދަ ދެއްވީ އެކަންކަން ރަނގަޅު ކުރުމުން ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަންކަމެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ފްލައިމީގެ ދަތުރުތަކަށް އުދުހުމުގެ ހުއްދަ އަލުން ދިނީ އެ މައްސަލަ ކޯޓްގައި ހިނގަމުން ދަނިކޮށެވެ.