27 Dec 2011, 09:47
ގެއްލިގެން އިއްޔެ ފުލުހުން ހޯދަން ފަށައި ފޮޓޯ އާންމުކުރި ދ. ކުޑަހުވަދޫ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކުޑަހުވަދޫ އުނިމާގޭ އަމާނަތު ޖަލީލު ފެނިފައިވަނީ މިއަދު ކަމަށާއި އޭނާ ފެނުނީ ހެންވޭރުގެ ގެއަކުން ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އަމާނަތު ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ ރޭގެ ފަތިހުން ފެށިގެން ފެށިގެނެވެ.