23 May 2020, 18:53
ރައްޔިތުންގެ މަޖިލިސް މެމްބަރުން ބުރަކޮށް މަސައްކަތް ކުރުމަކީ އެއީ ރައްޔިތުންނަށް ދިން އީދު ތަހުނިޔާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ވީޑިއޯ މެސެޖްގެއް މެދުވެރިކޮށް އީދު ތަހުނިޔާ ފޮނުވަމުންނެވެ.
ވީޑިއޯ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ފަރާތުން ރައްޔިތުނަށް ދޭ އީދު ހަދިޔާއަކީ، އެ ބޭފުޅުން ކުރައްވާ މަސައްކަތާއި މަޖިލިސް ހިންގެވުމާ ދެއްވާ އެއްބާރުލުން ކަމަށެވެ.
"ތިޔަ އިއްޒަތްތެރި މެމްބަރުން ވަގުތު ދެއްވައި، ސާބިތުކަމާއެކު ނުކުންނަވާ ތިޔަ ކުަރައްވާ މަސައްކަތަށް، މި މަޖިލިސް ހިންގުމުގައި ތިޔަ ދެއްވާ އެއްބާރުލުން، އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އިދު ތަހުނިޔާ އަދި އީދު ހަދިޔާ،" ރައީށް ނަޝީދު ވިދާޅުވިއެވެ.
ވީޑިއޯ މެސެޖްގައި މަޖިލިސްގެ ހުރިހާ ސެކްޝަންތަކުގެ މުވައްޒަފުންވެސް މި ދަނޑިވަޅުގައި މަޖިލިސް ހިންގެވުމަށް ދެއްވާ އެއްބާލުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިއަދަކީ ރޯދަ މަހުުގެ ފަހު ދުވަހައެވެ. އަދި މާދަމާ އަކީ ފިތުރު އީދުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މަޖިލީހުން ނިންމާފައިވަނީ އީދު ބަންދުގައިވެސް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިޔުމަށެވެ.