މާލޭގައި ދިރިއުޅޭ ދ. ކުޑަހުވަދޫ އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަން އިއުލާންކޮށްފައި ކުޑަހުވަދޫ އުނިމާގޭ އަމާނަތު ޖަލީލު ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާގޮތުގައި އެ ކުއްޖާ ގެއްލިފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
އެ ކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ އެކަން ލަސްނޮކޮށް ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.