22 May 2020, 23:20
މާލެ ސަރަހައްދު މިހާރު ފުރަބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން ކޮވިޑްއަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ މިހާރު މި އޮތް ފުރަބަންދުގެ މުއްދަތު ނިމުމުން ކޭސްތައް ފެންނަމުންދާ މިންވަރު މާ ބޮޑަށް އިތުރުވާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެެ.
އޭނާ ވިދާޅުވީ މިހާރު މި އޮތް ފުރަބަންދަށް ފަހު މަޑުމަޑުން ލުއި ދޭން ފަށާނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އަދި ފޭސް ދޭކަށް ދާނީ ފޭސް އެެކެއްގައި ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ވުމުން ކަމަށެވެ.
މިހާ ދިގު ލޮކްޑައުންއެއް ނިމިގެންދާއިރު މީހުން ބޭރަށް ނުކުތުމުކީ ތަބީއީ ގޮތުންވެސް އަންނާނެ ބަދަލެއް ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"ދެފައި ދަމާލަންވެސް މީހުން ބޭނުންވާނެ ހިނގާލަން. ނޫނިއްޔާވެސް ބޭރަށް ނުކުމެލަންވެސް. އެއީ ތޮބީއީ ކަމެއް. ކޮންމެވެސް ވަރަަކަށް ކޮންޓްރޯލްތަކެއް ބެހެއްޓިދާނެ. އެހެން ނަމަވެސް އިންސާނީ ތޮބީއަތަށް ބަލާއިރު އިނީޝިއަލީ ލޮކްޑައުންއަށްފަހު ކޮންމެވެސް ވަރެއްގެ މައިނާ ސާޖެއް އައުން އެކަށީގެންވޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެހެންކަމުން ލޮކްޑައުންއަށް ލުޔެއް ދިނުމަށްފަހު ފުރަތަމަ ފޭސްގައިވެސް ބަލި އިތުރުވަނީ ކިހާވަރަކަށްތޯ ބަލާނެ ކަމަށް އަަފްޒަލް ވިދާޅުވިއެވެ،
އެގޮތުން ފޭސް އެކެއްގައިވެސް ބަލި ކޮންޓްރޯލް ކުރަން އާންމުންނަށް ވަރަށް ބޮޑަށް ހަނދާންކޮށް ދޭން ޖެހޭ ކަަމަށާއި އަދި އާންމުންނަށް އެކަން ވިސްނި ބަލިކޮންޓްރޯލްކުރަން ދުވަސްތަކެއް ނަގާނެކަމަށް އޭނާ ވިދާޅިުވިއެވެ.
"ލޮކްޑައުން ފެށިއިރު އޮތްއިރާ މިހާރާ މީހުންގެ ކޮމްޕްލަޔަންސް އިތުރުވެފައިވަނީ. މީހުން މިހާރު މާބޮޑަށް އެކަމަށްް ބަލައިގެން ދޭ އިރުޝާދަށް އަމަލުކުރާތަން އެބަފެނޭ އަޅުގަނޑުމެންގެ ކޭސްލޯޑަށް ބަލައިފިނަމަ" އަފްޒަލް ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިހާރު އޮތް ފުރަބަންދުގެ މުއްދަތު ނިމުމުން ކޭސްތައް ފެންނަމުންދާ މިންވަރު މާ ބޮޑަސް އިތުރުވާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެެ.
އޭނާ ވިދާޅުވީ މިހާރު މި އޮތް ފުރަބަންދަށް ފަހު މަޑުމަޑުން ލުއި ދޭން ފަށާނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އަދި ފޭސް ދޭކަށް ދާނީ ފޭސް އެެކެއްގައި ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ވުމުން ކަމަށެވެ.
މިހާރު މިއޮތް ފުރަބަންދުގެ މުައްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެެ.
ކޮރޯނާ ޖެހިފައިވާ 1247 މީހަކު ރާއްޖެއިން ފެނިފައިވާއިރު ބަލީ ހަތަރު މީހަކު ވަނީ މަރުވެސްވެފައެވެ.