28 Jun 2010, 05:31
10:00
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލްކަމުގެ މަގާމަށް ހަމަޖެއްސުމަށް ޓަކައި، ތިން ބޭފުޅެއްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފި އެވެ.
މި ނަންފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑރ. އަބްދުﷲ ދީދީ އާއި، އަލްއުސްތާޒާ ފާތުމަތު ނިއުޝާގެ އިތުރުން އަލްއުސްތާޒާ މުހައްމަދު ޝަފާޒު ވަޖީހެވެ. ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނަންފުޅުތަކަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
މި ނަންފުޅުތައް ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ދަށުން ކައުންސެލަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވުމަށް މަޖިލީހުގެ އިދާރާއިން ހުޅުވާލެއްވި ފުރުސަތުގައި ހަތަރު ބޭފުޅަކު އެމަގާމަށް ކުރިމަތިލެއްވި ކަމަށެވެ. ނަމަވެސް ގަވާއިދު ބުނާގޮތުން، އެމަގާމަށް ބޭފުޅަކު ހަމަޖެއްސެވުމަށް މަޖިލީހަށް ހުށަހަޅަންޖެހެނީ ތިން ނަންފުޅު ކަމުން، އެ ނަންފުޅުތައް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މަސައްކަތަށް ބައްލަވައި އޭގެ ތެރެއިން ތިން ނަންފުޅެއް މަޖިލީހަށް ހުށަހެޅުއްވީ ކަމަށެވެ.