21 May 2020, 22:48
ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 104 އަށް އަރާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއުލާންކޮށްފި އެވެ.
މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ސްޕޯކްސްޕާސަން މަބްރޫކު އަޒީޒު ވަނީ ޖުމްލަކޮށް ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 104 އަށް އަރާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރި ކަމަށް މައުލޫމާތު ލިބިފައި ވަނީ 91 މީހެކެވެ. މާނައަކީ މި ބަލިން އިތުރު 13 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމެވެ.
ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 1،216 ގަ އެވެ.
ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 434 ދިވެހީންނާއި، ބަންގްލަދޭޝްގެ 622 މީހުންނާއި، އިންޑިއާގެ 118 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެ އެވެ.
މި ބަލީގައި މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައިވާ އިރު މިއަދު މި ބަލިން ރަނގަޅުވި އުމުރުން ދުވަސްވީ މީހަކު ވަނީ ނިޔާވެފަ އެވެ. އުމުރުން 80 އަހަރުގެ މި ސިއްހީ އެހެން މައްސަލައަކަށް ފަރުވާ ދެމުން ދަނިކޮށެވެ.