Last Updated:
6 year 6 month ago

މޮނިޓަރިންގައި ނެތް ރަށްތަކުގައި މާދަމާ ހުކުރު ނަމާދު ކުރާނެ

    ބުލޮގު ޚުލާސާ

    ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    22:56

    ރަށްތަކުގައި ޖަމާއަތް ހަދާނީ ކައިރި ކައިރީގައި. ދުރުދުރުގައި އެއް ނޫން: އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު

    ޑރ. އަަހްމަދު ޒާހިރު، އިސްލާމިކް މިނިސްޓަރު

    މިސްކިތުން ވުޟޫކުރުމާއި ފާހާނާ ކުރުމުގެ އިންތިޒާމްވެސް ހުންނާނެ. އެކަމަކު އަޅުގަނޑުމެން އެދެނީ ގެއިން ވުޟޫކޮށްގެން ދިޔުމަށް.
    22:48

    ފުރަބަންދަށް ލުއި ދިންނަމަވެސް، އަދިވެސް ބަލީގެ ނުރައްކާ އެބައޮތް. ފުރަބަންދަށްފަހުވެސް ކޭސްތައް އިތުރުވުމަކީ އެކަށީގެންވާކަމަށް. ފުރަބަންދަށް ލުއި ދޭވަރަކުން ދެން ދިމާވާ ކަންތައްތަކަށް ބަލާފައި އިތުރު ލުއި ދޭނީ: ޑރ. މުރާދު

    22:47

    މަނަދޫއިން ވައިރަސް ޖެހުމަށްފަހު، ރަނގަޅުވި މީހާ މަރުވެފައިވަނީ އެހެން ސިއްހީ މައްސަލަތަކާ ގުޅިގެން. ކޮވިޑާ ގުޅިގެނެއް ނޫން: ޑރ. މުރާދު

    ޑރ. އަަހްމަދު ޒާހިރު، އިސްލާމިކް މިނިސްޓަރު

    ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދިންނަމަވެސް، ޑޮކްޓަރުންގެ ލަފައަކީ، ގެއިން ވުޟޫކޮށްގެން އައުމަށް. އަދި އުމުުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުމަށާއި ގިނަ ވަގުތު މިސްކިތުގައި ހޭދަ ނުކުރުމަށް. އަދި ކާޕެޓް ހުރި މިސްކިތްތަކުުގައި ކާޕެޓް ނެގުމަށްވެސް ވަނީ ނިންމާފައި
    ޑރ. އަަހްމަދު ޒާހިރު، އިސްލާމިކް މިނިސްޓަރު

    މާދަމާ މޮނީޓާރިންގެ ހާލަތުގައި ނެތް ރަށްތަކުގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރާނެ.
    މިނިސްޓްރީގެ ވެބްސައިޓަށް މިހާރު ވަނީ ހުކުރު ޚުތުބާ އަޕްލޯޑް ކުރެވިފައި
    ޑރ. އަަހްމަދު ޒާހިރު، އިސްލާމިކް މިނިސްޓަރު

    މިސްކިތުގައި ޖަމާއާތް ހުޅުވާލުމުގައި ފަންނީ ބޭފުޅުން މަޝްވަރާކުރިން މިއަދު. އެބޭފުޅުންގެ ލަފާއަކީ، މިސްކިތުގެ ޖަމާއަތް ހުޅުވާލެވިދާނެ ކަމަށާއި އެކަން ކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް. މިކަމަށް ރިއާޔަތްކޮށް، ކަނޑައެޅޭ ވަކި ރަށްތަކުގައި މިސްކިތުގައި ހާއްސަ އިންތިޒާމެއްގެ މަތިން ޖަމާއަތް ހުޅުވާލުމަށް. އެގޮތުން މިހާރު ނިންމާފައިވާނީ މާދަމާ ހުކުރު ނަމާދުން ފެށިގެން މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް.
    22:30

    މޮނޮޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި

    22:29

    މާލޭގައި ތާށިވެފައި ތިިބި ރަށަށް ދާން ބޭނުންފައި ތިބި މީހުންގެ ތެރެއިން އިތުރު 67 މީހަކު ވަނީ ޓްރާންސިޓް ކަރަންޓީނަށް ގެންގޮސްފައި. މިހާރު ޓްރާންސިޓްގެ ކަރަންޓީންގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ، 10145 : މަބްރޫކް

    22:29

    ކޮވިޑާ ގުޅޭ ކޭސްތަކުގެ ކަށުކަމާކެމީގެ ކަންތައް ކުރާނީ ހުޅުމާލޭ ސަހާރާގައި. ކޮވިޑާ ގުޅުމެއް ނެތް މަރުތަކުގެ ކަށުކަމާކެމީގެ ކަންތައް ކުރާނީ މާލޭ، އާސަހަރާގައި: މަބްރޫކް

    22:29

    ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ 47 މީހަކު ސްރީލަންކަން އެއާލައިން އިން ވަނީ ފުރާފައި: މަބްރޫކް

    22:28

    އިންޑޮނޭޝިއާގައި ތާށިވެފައ ތިބި ހަތަރު ދިވެއްސަކު މިހާރު ވަނީ ރާއްޖެ ގެނެސްފައި. އަދި ރާއްޖޭގައި ތިބި 190 އިންޑޮނޭޝިއާ މީހުން ވަނީ އަނބުރާ ގައުމަށް ގޮސްފައި: މަބްރޫކް

    22:28

    ބައޮސް ފައާ ގެ ދެ މޭޝިން މިހާރު ހުރީ ޓްރާންސިޓްގައި އިންޑީއާގައި. އެ ދެ މިޝަން މޭނުން ކުރާނީ ޓްރީޓޮޕް އަދި އައިޖީއެމްއެޗްގައި. އެ ދެމިޝަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ރާއްޖެ އަންނާނެ: މަބްރޫކް

    22:28

    އައިޖީއެމްޗްގައި އެކްސްޓްރެކްޝަން މެޝިން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ. އެ މަސައްކަތް ނިމުމުން 600 ސާމްޕަލް ދުވާލަކަށް ކުރެވޭނެ

    22:28

    ރާއްޖެއަށް ބޭނުންވާ ބޭސް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. 50 ޕަސަންޓް މިހާރު ވަނީ ގެނެވިފައި: މަބްރޫކް

    22:27

    ހުރިިހާ ރަށެއްގައިވެސް ޕީޕީއީ އެބަހުރި: މަބްރޫކް

    22:27

    ވޭތުވެދިޔަ 24 ގަޑިއިރު 195 ސާމްޕަލްގެ ނަތީޖާ ލިބިފައިވޭ، މިހާރު ޕެންޑިންގައި ހުރީ 195 ސާމްޕަލް

    22:21

    އޭޑީކޭ ހޮސްޕިޓަލްގައި ޓެސްޓް ކުރަން ފަށައިފި. އެ ހޮސްޕިޓަލްގެ އަންދާޒާ އަކީ ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް

    22:19

    ދުބާއީން ގެންނަން މަސައްކަތް ކުރި 10 ވެންޓިލޭޓަރު ގެނެސްފި. މިހާރު ރާއްޖޭގައި ހުރި ވެންޓިލޭޓަރުގެ ޖުމްލަ އަކީ 129

    21:59

    ކޮވިޑް ޖެހިގެން އިތުރު 13 މީހަކު ރަނގަޅުވެ، މި ބަލި ޖެހިގެން ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 104 އަށް އަރައިފި