10:00


ދުނިޔޭގެ ގުދުރަތީ ހަތް އަޖައިބުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ޓޫރިޒަމް ޕްރޮމޯޝަން ބޯޑްގެ ފަރާތުން "ނިއު ސެވަން ވޮންޑާރސް އޮފް ނޭޗަރ"ގެ ހަރަކާތްތައް ގއ. އާއި ގދ. އަތޮޅުގައި ބާއްވައިފި އެވެ.


މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް (އެމްޓީޑީސީން) ބުނީ ގއ.ވިލިގިނލި ތަޢުލީމީ މަރުކަޒާއި، އަދި ގދ.ތިނަދޫ ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ނިއު ސެވަން ވޮންޑާރސް އޮފް ނޭޗަރ"ގެ ކެމްޕެއިނާއި ބެހޭ ގޮތުން މަޢުލުމާތު ދީފައިވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ވޯޓް ލެވޭނެ ގޮތް ކިޔައިދީ އެ ކަމާމެދު ހޭލުންތެރިކަން އުފައްދައި އަދި އެމްޓީޑީސީގެ ފަރާތުން ބައިނަލް އަގްވާމީ މީޑިއާ އާއި ޗެނަލް އަދި މަޖައްލާ ތަކުގައި ކުރާ އިޝްތިހާރު ތަކާއި ބެހޭ ގޮތުން މައުލޫތު ދީފައިވާ ކަމަށް ވެސް އެފަރާތުން ބުންޏެވެ.


މި ކެމްޕެއިން ކާމިޔާބު ކުރުމަށްޓަކައި 90 ޕަސެންޓް ވޯޓް ހޯދަން ޖެހޭނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުންނެވެ. އަދި ހޮވިފައިވާ ގައުމުން ލިބޭ ވޯޓު ނެގޭނީ 10 ޕަސެންޓް ވޯޓެވެ.