Last Updated: 6 year 6 month ago
ބުލޮގު ޚުލާސާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުޚާތަބު ކުރެއްވުން
މިވަގުތުވެސް އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރްބާނީ.
ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި އެޗްޕީއޭއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ނޭޝަނަލް ކެޑޭޓްކޯ އާއި ސްކައުންޓުންނާއި ގާރލް ގައިޑުން އަދި ރެޑް ކްރެސެންޓާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާ އެކު އެ ބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުން، ކެތްތެރިކަމާ އެކު ގޭގައި ތިއްބަވާ ތިއްބެވުމަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
ކޮވިޑާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ރަޙްމަތްތެރި ޤައުމުތަކުންނާއި އެހީދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ދޭ އެހީތަކާއި އެއްބާރުލުން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން.
އަދި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތަކުންނާއި ވަކިވަކި ފަރުދުން ދެއްވާ އެހީތެރިކަމަށް ވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްސަކޮށް ޓްރީޓޮޕް ހޮސްޕިޓަލުގެ ޙިއްޞާދާރުންނަށާއި، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް، ރިސޯޓްތަކާއި ގެސްޓް ހައުސްތައް ދޫކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން. އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވެސް ޝުކުރު ދަންނަވަން.
މި ދެންނެވި ލުއިތަކާ އެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި.
އޭގެ އިތުރުން، ރިސޯޓްތަ އް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން. ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާ ނަމަ، ފުރަބަންދުގެ ޙާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަ މެއް. ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުން ދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ.
އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ 9 ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައި ވެސް އަދި ޤަބޫލުކުރައްވައިގެން ނުވާނެ.
މި ބަލި ނެތް އެހެ ން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، ޢާންމު އުޞޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސު މާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިއުން.
ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް މިއަންނަނީ ތައްޔާރުވަމުނ.
މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން.
އަދި އެހެ ން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާ އެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ.
މިލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ. 8 މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން މިހާރަށް ވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް اللهގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މިފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫން ނަމަ، އަޅުގަނޑުމެން ވެސް މިއަދު ތަޖުރިބާކުރަމުން ދާނީ، ޞިއްޙީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ޙާލަތު.
ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު، ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބެދާނެ. ނަމަވެސް އެ ފިޔަވަޅުތައް އަޅަން ޖެހުނީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި. ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ޤައުމުތައް އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ.
މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ އިރު، މި ބައްޔަށް ފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިއުމަށްވެސް އަޅުގަނޑުމެން ތައްޔާރުވާންޖެހޭނެ. މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ.
މާތް اللهގެ ރަޙްމަތްފުޅާއެކު، މިދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާ އިރު، ރިސޯޓްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި.
ނުރަނގަޅު އެތައް ކަމެއްވެސް ހިނގަމުން އެބަދޭ. މިއީ އެކަންކަން އިޞްލާޙްކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދެކި، މިއީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން 6 ބައްޓަންކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް. ޢާންމު ޞިއްޙަތަށް ފަރުވާތެރިވެ، މުޅި އިޤްތިޞާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއް.
މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް. ވަރަށް މަދުން ނޫނީ، ކުރިމަތިވެފައި ނެތް ޙާލަތެއް. މިފަދަ ޙާލަތްތަކުގައި، ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި. އެހެންކަމުން އަޅުގަނޑުމެންގެ އިޤްތިޞާދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް.
ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ޚާއްޞަ ޕެކޭޖެއް ކަނޑައެ ޅިފައި އެބައޮތް. އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް ، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުން.
މިދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ. އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް.
ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި.
ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، )ޖުމްލަ 530 ފަރާތަކަށް( ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ.
ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗްޑީއެފްސީ އާއި އެމްއެފްއެލް.ސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ވަނީ ބައިވެރިވެފައި.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު. ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މާތް اللهގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނަން.
އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފި ނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ.
މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުޞަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށް ދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ، ރައްކާތެރި ކަމެއް ނޫން. އެއީ އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫން.
ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ. އަދި ބާކީ ތިބި މީހުން، މިމަހު 4 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ. އަދި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދެވިއްޖެ.
މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން، ޙާލުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިވަމުން އެބަ ގެ ންދަން. މީގެ އިތުރުން ފޯރުންތެރިކަން ނެތް ޢާއިލާތަކާއި ދޮށީ ޢުމުރުގެ މީހުންގެ އިތުރުން، ޙާލުގައި ޖެހިފައި ތިބި މީހުންނަށް، އެހީތެރިކަން އެބަ ފޯރުކޮށްދެވޭ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭ.
އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިދީފައި. މިޙާލަތުގެ ސަބަބުން، އެކި ގޮތްގޮތުން އަސަރު ކޮށްފައިވާ މީހުންނަށް، ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން.
މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން، ޙާލުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިވަމުން އެބަ ގެ ންދަން. މީގެ އިތުރުން ފޯރުންތެރިކަން ނެތް ޢާއިލާތަކާއި ދޮށީ ޢުމުރުގެ މީހުންގެ އިތުރުން، ޙާލުގައި ޖެހިފައި ތިބި މީހުންނަށް، އެހީތެރިކަން އެބަ ފޯރުކޮށްދެވޭ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭ.
ކޯވިޑް-19"އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. އޭގެ ތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރުވަނީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައި.
ރިސޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބި. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި.
ހަމައެފަދައިން ރާއްޖޭން ބޭރުގައި ތިބި ކިތަންމެ ދިވެހިންނެއް ރާއްޖެ ނާދެވިފައި އެބަތިބި. މިފަދަ ޙާލަތްތަކުގައި ތަޙައްމަލްކުރައްވާ ކެތްތެރިކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާ އެކު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.
އެހެންކަމުން، ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަޙައްމަލްކުރައްވައި، މި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން، އަޅުގަނޑު ފާހަގަ ކުރަން. އަޅުގަނޑަށް އެނގޭ، އެންމެ ދެ ތިން ދުވަހަށް މާލެ އައިސް، ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން.
މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުން ފާހަގަ ކުރެވެނު. ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖް ގޮތެއްގައި ފާހަގަކުރެވެނީ 7 މީހުން.
ރާއްޖޭގައި މި ބަލި ފެތުރޭ ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެ ކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، މާތް اللهގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ
އޭގެ ސަބަބަކީ، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މާލެ ސަރަޙައްދު ފުރަބަންދުކޮށް، ޢާންމު ޙަރަކާތްތަކާއި ދަތުރުފަތުރުތައް ހުއްޓު މަކަށް ގެނައުމާއެކު، ރައްޔިތުން އެކަންކަމަށް އިޖާބަދީ ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވުން.
ރާއްޖޭގައި މި ބަލި ފެތުރޭ ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެ ކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، މާތް اللهގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ
މި ބަލި މާލޭގައި ފެތުރެން ފެށިފަހުން، މިއަދުގެ މިހާތަނަށް 1186 މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެއްޖެ. އެއީ 420 ދިވެހިންނާއި 766 ބިދޭސީން. އަދި އޭގެ ތެރެއިން މިހާތަނަށް 91 މީހަކަށްވަނީ މާތް اللهގެ ހެޔޮ ރަޙްމަތްފުޅުން ޝިފާ ލިބި، ބަލިން ފަސޭހަވެފަ. އަދި މި ބަލީގައި ދުނިޔެ ދޫކުރެއްވި 4 ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަން
ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިފަހުން،ِމިއަދުގެ ނިޔަލަށް މިވަނީ އެއްމަހާއި 5 ދުވަސް ފާއިތުވެފައި. މުޖްތަމަޢުގައި މިބަލި ފެތުރެން ފެށުމާއެކު، ބަލި ޖެހިފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓްވި މީހުން ކޮންމެ ދުވަހަކު ދެނެގަނެ، އެމީހުން ނަށް ފަރުވާ ދިނުމާއި ކަރަންޓީން ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވުނު.