20 May 2020, 18:06
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ރައިސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ، މިރޭ 9:00ގަ އެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާނީ، ކޮވިޑް-19 ގެ މިހާރުގެ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ މަހު 15 އިން ފެށިގެން މާލެއިން އެންމެ ފުރަތަމަ ކޭސް ފެނުނު ފަހުން ރާއީސް ސޯލިހް ވަނީ ދެފަހަރެއްގެ މަތިން ގައުމާ މުހާތަބް ކުރައްވާ ވާހަކަ ދައްކާފައެވެ. އެންމެ ފަހުން ރައީސް ސޯލިހް ގައުމާ މުހާތަބް ކުރައްވާފައިވަނީ، މިމަހު ހަތަރު ވަނަ ދުވަހުއެވެ. އޭގެ ކުރިން ރައީސް ސޯލިހް ވަނީ ކޮވިޑް19އާ ގުޅިގެން ނޫސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ރައީސްގެ މިރޭ ހިތޯބުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަން ކުރަން ޖެހޭ ގޮތާ ގުޅޭ އަދި މިހާރު ގައުމުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެއެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަސް 1،186 ކޭސް ފެނިފައިވާއިރު، 96 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދަކީ، ހަތަރެކެވެ.
ކުރިން މިދިޔަ ދެހަފްތާގައި ކޭސްތައް މަތިވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މިހާރު ދުވަހުން ދުވަހަށް ފެންނަ ކޭސްތައް ނިސްބަތުން މަދެވެ.
މާޗް މަހުން ފެށިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާތަނަށް ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެއަށް މުއްދަތެއް ނެތް ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫޒީ ބޭނުމެއް ނެތި ދަތުރުކުރުން ހުއްޓާލުމަކީ، މިހާތަނަށް ވައިރަސް ކޮންޓްރްކުރުމަށް އެޅި އެންމެ ބޮޑު ފިޔަވަޅުތަކެވެ.