ރާއްޖޭގެ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސްގެ ހިދްމަތް ދެއްވުމަށްޓަކައި އުފައްދަވާ ޖޮއިންޓް ވެންޗާ ކުންފުނި ކަމަށްވާ، "އާސަންދަ ޕްރައިވެޓް ލިމިޓެޑް"ގައި ސަރުކާރުގެ ފަރާތުން ތިއްބަވާ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަނޑައަޅުއްވައިފި އެވެ.

އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، ފައިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް، ހެންވޭރު އަނދުންގޭ އަލީ އާރިފެވެ. ބޯޑުގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ބޭންކް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ލެވެލްގައި މަސައްކަތް ކުރައްވާ، އަދި ސްޓެކްކޯގެ ބޯޑް މެންބަރު، ދަފްތަރު ނަންބަރު 2534 ނަސްރުﷲ އަބްދުލްވާހިދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޕިއުޓީ އަންޑާ ސެކްރެޓަރީ ހެންވޭރު އަތިރިވެލި އާއިޝަތު ޝުވައިކާރެވެ.

މިތިން ބޭފުޅުންގެ އިތުރުން، އެ ބޯޑުގައި ތިއްބަވާނީ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުހައްމަދު ޝިފާޒާއި، އަބްދުލްވާހިދު ތައުފީގެވެ.
އާސަންދަ ކުންފުނީގެ މެނެޖިން ޑިރެކްޓަރަކީ މުހައްމަދު ޝިފާޒެވެ.