20 May 2020, 13:44
ކޮވިޑް-19ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާކުރުމަށް، މިހާރު އޮޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅާނީ[email protected]އަށް ކަމަށެވެ.
އެޕްލިކޭޝަން ފުރިހަމަ ނަމަ، ޕޭމަންޓް ލިންކް އީމެއިލް ކުރާނެ ކަމަށާއި އަދި ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެގޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް މިދިޔަ ހަފްތާގައި ވަނީ ދޫކުރަން ފަށައިފައެވެ.
ފުރަބަންދުގެ މުއްދަތުގައި ވިސާއަށް އެދުމުގެ ފުރުސަތު އަދި ދީފައެއް ނުވެއެވެ.