20 May 2020, 11:19
ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ފަސް މީހަކު ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮވިޑް19 ޑޭޝްބޯޑުގައި ބުނެފައި ވަނީ މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.
ރޭ އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވަނީ 86 މީހުން ރަނގަޅުވެފައިވާ ކަމަށެވެ.
ފަހުން ބަލިން ރަނގަޅުވި މީހުންގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1،143 އެވެ. އޭގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،051 އެވެ. އަދި ބަލި ޖެހުނު 91 މީހަކު ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.