20 May 2020, 11:58
އިނގިރޭސިވިލާތުގެ ނެޝެނަލް ހެލްތު ސާވިސް( އެންއެޗްއެސް) އަށް 33 މިލިއަން ޕައުންޑް " ފަންޑްރެއިޒް" ކޮށްދިން އެގައުމުގެ ކުރީގެ ސިފައިންގެ މީހާ ކެޕްޓަން ޓޮމް މޯއަށް "ނައިޓްހުޑް" އަރުވަން ނިންމައިފަ އެވެެ.
ނައިޓްހުޑްއަކީ އިނގިރޭސިވިލާތަށް އަގުހުރި ހިދުމަތްތައް ކޮށްދޭ މީހުންނަށް އިނގިރޭސިވިލާތުގެ ރާނީ ނުވަތަ ރަސްގެފާނު އަރުވާ ޝަރަފެކެވެެ. އެއާއެކު އެ ޝަރަފް ލިބޭ މީހާގެ ނަމުގެ ކުރިއަށް "ސާ" ނުވަތަ "މިސްޓާ" އަރުވާނެ އެެވެ.
ޓޯމްށް ނައިޓްހުޑް އަރުވަން ނިންމާފައިވަނީ އޭނާއަށް 100 އަހަރު ފުރުމާދިމާވެސްކޮށެެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ޓޮމްއަކީ މުޅި ގައުމަށްވެސް ލިބިފައިވާ ޖަވާހިރެއް ކަމަށެވެެ.
" ކޮރޯނާވައިރަސްއާއެކު އައި އަނދިރިކަމުގެ ތެރޭގައި ކެޕްޓަން ޓޮމް ކުރި ފަންޑްރެއިޒިންގެ ހަރަކާތާއެެކު މުޅި ގައުމަށް އެވަނީ މިސާލު ދައްކައިދީ އަލިކަމެއް ގެނެސްދީފައި" ބޮރިސް ވިދާޅުވިއެވެ.
އުމުރުން ދުވަސްވެ ހިނގާ ބިނގާވެ އުޅުމުގައި އުނދަގޫވެފައިވާ ކެޕްޓަން ފަންޑްރެއިޒްކޮށްދީފައިވަނީ "ވޯކިން ފްރޭމެއް" ބޭނުންކޮށްގެން 100 ފިޔަވަޅު އަޅައި ހިނގައިގެންނެވެ.
ކެޕްޓަން ޓޮމް ވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ މީހެއްގެ ގޮތުގައި އިންޑިއާ އަދި މިޔަންމާ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެެ.
ގާޑިއަން