20 May 2020, 10:05
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް މިހާރު ތައްޔާރުކުރަމުންދާ ވެކްސިންއިން ދިފާއީ ނިޒާމް ވަރުގަދަކޮށް އެ ވައިރަސްއާ ދެކޮޅަށް ހަނގުރާމަކުރުމަށް ޓްރެއިންކޮށްދޭ ކަމަށް ވެކްސިން އުފައްދާ އެމެރިކާގެ ކުންފުންޏަކުން ބުނެފި އެެވެ.
ވެކްސިން އުފައްދަމުން އަންނަ މޮޑާނާއިން ބުނީ އެ ކުންފުނިން އަށް މީހުން ބޭނުންކޮށްގެން ހެދި ފުރަތަމަ ދިރާސާގައި އެ ވެކްސިން ޖެހުމުން ކޮރޯނާއަށް އެންޓި ބޮޑީސް އުފައްދާކަން އެނގިފައިވާ ކަމަށެވެ.
އަދި އެ ވެކްސިން މަސައްކަތް ކުރަނީ އަސްލު ވައިރަސްއެއް ވަނުމުން ދިފާއީ ބާރު އެކްޓިވޭޓް ވާކަހަލަ ގޮތަށް ކަމަށް ވަނީ ބުނެފައެެވެ.
އެ ވެކްސިންގެ އިތުރު ބޮޑެތި ދިރާސާތަކެއް އަންނަ ޖުލައި ފަށަން ނިންމާފައިވާ ކަމަށް ވެސް މޮޑާނާއިން ބުންޏެވެ.
ކޮރޯނާއަށް ވެކްސިންއެއް އުފެއްދުމަށް ބަޔޯޓެކް ފާމްތަކުގައި ވަނީ ބޮޑު ވާދަވެރިކަމަކަށް ގޮސްފަ އެެވެ. އެގޮތުން އެގަދަ 80 ވެކްސިނެއް އުފެއްދުމުގައި ސައިންސްވެރިން ރެއާއި ދުވާލު ދަނީ މަސައްކަތްކުރަމުންނެވެެ.
ކޮރޯނާއަށް އާރުއެންއޭ ވެކްސިންއެއް އެންމެ ފުރަތަމަ ތަހުލީލްކުރަން ފެށީ މޮޑާނާއިން އެެވެ.
އެމްއާރުއެންއޭ-1273 ނަން ދީފައިވާ އެ އާރުއެންއޭއިން ކޮރޯނާ ވައިރަސްގެ ޖެނެޓިކް ކޯޑް އިންސާނާގެ ހަށިގަނޑަށް ޖަހަ އެވެެ. ނަމަވެސް އޭގެން މީހާ އިންފެކްޓު ނުވާނެކަމަށާއި ނަމަވެސް ދިފާއީބާރުން އެކަމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފަ އެެވެ.
އެ ވެކްސިންގައި ލޯ ޑޯޒާއި ހައި ޑޯޒް ބޭނުންކުރާއިރު، އެންމެ ލޯ ޑޯޒުންވެސް އެންޓިބޮޑީސް އުފެދޭކަމަށް މޮޑާނާއިން ވަނީ ބުނެފަ އެވެ.
ބީބީސީ