ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު 12 މީހަކު ރަނގަޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދަޅުވީ ރާއްޖެއިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު 86 އަށް އަރާފައިވާ ކަމަށެވެ.

ފަހުން ރަނގަޅުވި 12 މީހުންގެ ތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި ދެ ދިވެހީން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1143 އެވެ. އޭގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1051 އެވެ. އަދި ބަލި ޖެހިގެން ޖުމުލަ 86 މީހަކު ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.