Last Updated:
6 year 6 month ago

20 ދުވަހުގެ ކުއްޖާގެ ދެވަނަ ސާމްޕަލް ނަގަޓިވް ވެއްޖެ

    ބުލޮގު ޚުލާސާ

    ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    މުހައްމަދު މަބްރޫކް އަޒީޒް

    ޑޮކްޓަރުންގެ ލަފަޔާ އެއްކޮށް އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ފަހު ބާކީ އޮތް ޖާގަ ބޭނުންކުރެވުނު ވަރަކަށް ކުރަން މި ތިބީ އިގްތިސޯދު ހަލާކުވެ ނުދީ ބޭއްވވުމަށްޓަކައި އަދި ކަންތައްތައް ފަސޭހަކޮށްދިނުމަށްޓައި، ދިރިއުޅުމުގެ ހާލަތު ވެސް ފަސޭހަކޮށްދިނުމަށް ޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހެނީ ޑޮކްޓަރުންގެ ލަފާ އަޑުއެހުމަށްފަހު އެބޭފުޅުން އެދިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުމަށް ފަހު ދެން ބާކީ އޮތް ޖާގައެއްގެ ތެރޭގައި، ސަރުކާރު އޮޕަރޭޓް ކުރަމުން ދާނީ އެގޮތަށް.
    މުހައްމަދު މަބްރޫކް އަޒީޒް

    އެއް ކޮޅުން ވިސްނާއިރު ބޯޑަރުތައް ހުޅުވާށޭ އިގްތިސޯދު އެބަ ހަލާކުވޭ، ނުވަތަ އިގްތިސޯދު އާރާސްތު ކުރުމަށް އިތުރަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދަން ޖެހޭ. އަދި ރައްޔިތުންނަށް އެތައް އުނދަގުލެއް، އިގްތިސޯދު ހަލާކުވާއިރު ކުރިމަތިވަމުން އެބަދޭ. އަޅުގަނޑުމެން ވަރަށް ސާފުކޮށް ފެށުނީއްސުރެ ބުނަމުން މި އަންނަނީ އިގްތިސޯދެއްގެ ބޭނުމެއް ނެތޭ ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތަށް މެނުވީ. ދިވެހި ރައްޔިތުން ސަލާމަތާ ރައްކާތެެރިކަމުގައި ނެތި އޮވެ އިގްތިސޯދެއް ހިންގުމުގެ ބޭނުމެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. އެހެންވީމަ އަޅާ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ އާންމު ސިއްހީ ހާލަތު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި. މިކަމުގައި ޑޮކްޓަރުން ނޫން ބަޔަކު ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަކަށް ނުފެނޭ.
    މުހައްމަދު މަބްރޫކް އަޒީޒް

    މިކަމުގައި އަޅުގަނޑަށް ހީވަނީ، ފުރަތަމަ ކަމަކީ ސިޔާސީ ބައެއް ބޭފުޅުން، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން، ދައްކަވާ ވާހަކަ ޑިސްކްރެޑިޓް ކޮށްގެން ނުވާނެ އެއްވެސް ވަރަކަށް. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރައްޔިތުންގެ މަންދޫބުން. ގިނަ ބޭފުޅުން ތިއްބެވީ ރައްޔިތުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި. އެބޭފުޅުން ވެސް ފާހަގަކުރާ ކަންބޮޑުވުމަކީ، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެބޭފުޅުންނަށް އެނގިލައްވާފައިވާ ގޮތުން ރައްޔިތުންގެ ތެރޭގައި މިވަގުތު އެންމެ ބޮޑު ކަންބޮޑުވުން ހުރި ކަންތައް. އެބޭފުޅުން ދައްކަވާ ވާހަކަ ވެސް އަޑުއަހަން ޖެހޭ. އޭގެ އަނެއްކޮޅުން އަޅުގަނޑުމެންނަށް މިކަމުގައި ލަފާދެއްވަމުން ޑޮކްޓަރުން. ޑޮކްޓަރުންގެ ލަފާދެނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ރާއްޖެ ގައުމެއްގެ ގޮތުގައި ފިޔަވަޅުތައް އަޅަންޖެހޭނީ ކިހިނެތްތޯ އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާނީ ކޮން މަސައްކަތްތަކެއް ތޯ. އަޅުގަނޑަށް ހީވަނީ ވިސްނުމުގެ ތަފާތެއް ބައެއް ބޭފުޅުންގެ މެދުގައި އެބަ އުޅޭ.
    ޑރ. އިބްރާހިމް އަފްޒަލް

    20 ދުވަހުގެ ބޭބީގެ ސެކަންޑް ސާމްޕަލް ވަނީ ނެގެޓިވް ވެފައި، އަދި ތިން ވަނަ ސާމްޕަލް އަކަށް މި މަޑުކުރަނީ
    ޑރ. އިބްރާހިމް އަފްޒަލް

    ރިކަވަރީއަށް ބަލާލާއިރު، 18 ވަނަ ދުވަހު ހަ މީހުން ރިކަވާ ވެފަ. މިއަދު މިހާތަނަށް 12 މީހަކު ރިކަވާ ވެފައިވޭ. އެއީ 11 ބިދޭސީންނާ ދިވެއްސެއް.
    ޑރ. އިބްރާހިމް އަފްޒަލް

    ޓްރީޓޮޕް ހޮސްޕިޓަލަށް ބަލާއިރު ބަދަލެއް ނާދޭ. ނުވަ ފިރިހެނުންނާ ދެ އަންހެނުން އެޑްމިޓް ކުރެވިފައި ވަނީ. އޭގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި. އަނެކަކު ވެންޓިލޭޓަރުން ނަގައިފި.
    ޑރ. އިބްރާހިމް އަފްޒަލް

    ޑީއެޗް11 ގައި މިވަނީ ދެ ކޭސް. އޭގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް ބަލި މީހާ ވެސް ވެންޓިލޭޓަރުން ނަގާފައި، އޭނާގެ ސާމްޕަލް ޑަބަލް ނެގެޓިވް. ދެން އިތުރު ޕޭޝަންޓެއް އެޑްމިޓް ކުރެވިފައިވޭ. އެއީ 32 އަހަރުގެ އަންހެނެއް.
    ޑރ. އިބްރާހިމް އަފްޒަލް

    ބޭރަށް ހިންގުމަށް ބަލާއިރު، އެހެން އަހަރުތަކުގައި ރޯދަ މަހު ބޭރަށް ހިނގުން އިތުރުވެގެންދާނެ. އެހެން ނަމަވެސް މި އަހަރު، ބޭރުން ކެއުމެއް ވެސް ނޯންނާނެ. ހުރިހާ އެންމެން ގޭގައި ތިބެގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ ހަރަކާތެއް ހިނގާ ކަމުގެ އަލާމާތެއް މިއީ. މިއީ ސަރޮގޭޓް އިންޑިކޭޓާޒް. އެއް ކަމެއްގެ ޑޭޓާ އަކުން މިކަމަށް މައުލޫމާތު ތަކެއް ލިބިގެން މި ދަނީ
    ޑރ. އިބްރާހިމް އަފްޒަލް

    މިއަހަރުގެ ޑެންގީގެ ލެވަލް ވެސް އުޅެނީ ވަރަށް ބޮޑަށް ތިރީގައި. ޑެންގީއަކީ ވެސް ވަރަށް ބޮޑަށް މީހަކު ގައިން މަދިރި ލޭބޮއެފަ އެހެން މީހެއްގެ ގައިގައި ބައިޓް ކުރީމަ ޑެންގީ ހަގީގަތުގައި ފެތުރެނީ. އެހެންވީމަ ގައިދުރުކަން ގެންގުޅުނީމަ ހަގީގަތުގައި ޑެންގީ ފަދަ ބަލިތައް ވަރަށް ބޮޑުތަން ތިރިއަށް ޖެހިލާފައި
    ޑރ. އިބްރާހިމް އަފްޒަލް

    މާލޭ އޭރިއާ އާއި އަތޮޅުތެރޭގެ ޑޭޓާ ވަކިކޮށްލާފައި މި ފެންނަނީ. މާލޭ އޭރިއާއަށް ވަކިން ބެލި ނަމަވެސް މި ފެންނަނީ އަރިދަފުސް ރޯގާ އާއި ގައިން ގަޔަށް އަރާ ބަލިތަށް ދަށްވެފައި ވަނީ. އަތޮޅު ތެރެއިން ވެސް ރިޕޯޓުކުރި އަދަދު ފާއިތުވި ހަތަރު އަހަރަށް ބަލާއިރު ދަށްވެފައި ވަނީ
    ޑރ. އިބްރާހިމް އަފްޒަލް

    އެއް ހަފްތާ، ދެ ހަފްތާ ތިރިވި ނަމަވެސް، ރިޕޯޓިން ދަށްވި ކަމަށް ބެލެވޭނީ. އެހެން ނަމަވެސް ކޮންސިސްޓަންޓް ކޮށް ތިރިއަށް ދާތަން މި ފެންނަނީ. އެހެންވީމަ އޯވައޯލްކޮށް ގައިދުރުކުރުން މިހާތަނަށް ރާއްޖޭގައި ނެތް މިންވަރަކަށް މިވަނީ ގައިދުރުކުރެވިފައި، އެހެންވީމަ ހުރިހާ ގައިންގަޔަށް އަރާ ބަލިތަށް ވަރަށް ބޮޑަށް ދަށްވެފައި މިވަނީ. އަޅުގަނޑުމެން އާންމުކޮށް މި ކިޔާ ބޭސް ލައިން ނުވަތަ ނޯމަލީ ގައުމެއްގައި ހުންނަ މިންވަރަށް ވުރެ ވެސް ބޮޑަށް، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް ދަށްކޮށް މި ފެންނަނީ
    ޑރ. އިބްރާހިމް އަފްޒަލް

    ގައިން ގަޔަށް އަރާ ބަލިތަކަށް ބަލާއިރު، ކޮވިޑަކީ ވެސް ގައިން ގަޔަށް އަރާ ބައްޔެއް. ގައިދުރުުކުރުން އިޚްތިޔާރު ކުރީމާ އެހެން ހުރިހާ ގައިން ގަޔަށް އަރާ ބަލިތަކުގެ ޓްރެންޑް މިހާތަނަށް ނުފެންނަ ވަރަށް ތިރިއަށް ޖެހިފައި ހުންނަތައް މި ފެންނަނީ. އަރިދަފުސް ރޯގާއަށް ބަލާއިރު، ވަރަށް ބޮޑުތަން ތިރިވަމުން ދާތަން މި ފެންނަނީ
    ޑރ. އިބްރާހިމް އަފްޒަލް

    ފަހަކަށް އައިސް ކޮންމެސް ވަރަކަށް އެބަ ފެނޭ، ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން. ކުރީގަ އިނީ އެއް ވަރަކަށް.
    ޑރ. އިބްރާހިމް އަފްޒަލް

    ބިދޭސީންގެ ނަންބަރުތަކާ ދިވެހީންގެ ނަންބަރުތައް ވަރަށް ގާތްކޮށް ފެންނަނީ. މާނައަކީ ބިދޭސީންގެ ހައި ނަންބަރުުތައް ވެސް މަޑުމަޑުން ތިރިވެ، ދިވެހީންގެ ނަންބަރުތައް ވެސް ފެންނަ ވަރަށޭ މި ފެންނަނީ
    22:32

    ކޮންޓެކްޓްސްގެ އަދަދު ވެސް އަލާމާތްތައް ހުންނަ މީހުންގެ ނިސްބަތް އަންނަނީ މަދުވަމުން: ޑރ. އަފްޒަލް

    ޑރ. އިބްރާހިމް އަފްޒަލް

    އެންމެ ފަހުން ފެނުނު އެންމެ ބޮޑު ކްލަސްޓާއަކީ އާރްބީޑަބްލިއު ކްލަސްޓާ. އެއީ 12 މީހުންގެ ކްލަސްޓާއެއް.
    މުހައްމަދު މަބްރޫކް އަޒީޒް

    ޕޮޒިޓިވްވި ފްރަންޓްލައިން ވޯކާސް އަށް ބަލާއިރު، ކޮންމެސް ވަރަކަށް އިތުރުވެފައިވޭ. އެހެން ނަމަވެސް ފެނިފައިވާ ނިސްބަތް އެހާ ގިނައެއް ނޫން
    ޑރ. އިބްރާހިމް އަފްޒަލް

    މިއަދު މިހާތަނަށް 37 ކޭސް ފެނިފައިިވޭ. އިއްޔެ އާއި އޭގެ ކުރީ ދުވަހަށް ބަލާއިރު 16 ކޭހާއި 19 ކޭސް ފެނިފައިވަނީ. މިދުވަސްކޮޅު މިދަނީ ވަރަށް ލޯ ލެވެލް އެއްގައި. އެއީ އަޅުގަނޑުމެން އުފާކުރާ ކަމެއް
    މުހައްމަދު މަބްރޫކް އަޒީޒް

    އެސްޓީއޯ އަށް މިއަދު މިވަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން 15 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ލިބިފައި. އެބޭފުޅުން މި ކްރެޑިޓް ފެސިލިޓީ ބޭނުންކުރާނީ ބޭހާ، ބޭސްކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި އިތުރަށް ކާބޯތަކެތި ކަށަވަރުކުރުމަށްޓަކައި ކަމަށް އެބޭފުޅުން ދަންނަވާފައި ވަނީ. މީގެ ތެރޭގައި އެބަ ހިމެނޭ ޕީޕީއީގެ ގޮތުގައި ހިމެނޭ ތަކެތި ވެސް.
    މުހައްމަދު މަބްރޫކް އަޒީޒް

    ފުރަބަންދާ ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން 861 މީހަކު މިވަނީ ޓްރާންޒިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންދެވިފައި. އެލްޖީއޭއާ މަޝްވަރާކޮށްލިން. ބާކީ ތިބި ބޭފުޅުންނާ ދޭތެރޭ ކަންތައް ކުރެވިދާނެ ގޮތަކަށް. އެބޭފުޅުން ވިދާޅުވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1800 މީހުން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަަކަށް ގެންދެވޭނެ ކަމަށް. އެއީ އެބޭފުޅުން ބަލާ މިންގަނޑުން އެންމެ މުހިންކަމެއް އެންމެ ހާއްސަ ކަމެއް ދީގެން ރަށްރަށަށް ބަދަލުކުރަން ޖެހޭ އެންމެން އެ އަދަދުގެ ތެރޭގައި ހިމެނޭނެ
    މުހައްމަދު މަބްރޫކް އަޒީޒް

    ސޯޝަލް ކައުންސިލުން ކުރާ މަސައްކަތްތަކަށް ބަލާއިރު އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. މިގޮތުން 129 މީހުން މިވަގުތު އަޅުގަނޑުމެންނާ އެކު އެބަތިބި. ސޯޝަލް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 390 މީހަކަށް މިވަނީ ކާބޯތަކެތި ފޯރުކޮށްދެވިފައި. އަދި ޖުމްލަ 1241 މީހެއްގެ ހާލު ވަނީ ބެލިފައި، އެއީ އުމުރުންް ދުވަސްވީ މީހުންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓުގެ ތެރެއިން
    މުހައްމަދު މަބްރޫކް އަޒީޒް

    ހިންމަފުށީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުން ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އަޅުގަނޑުމެން ހިންމަފުށީގައި އިތުރު ސަވައިލެންސް ސާމްޕަލްތަކެއް ނަގާފައި ވާނެ. އެރަށުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށްޓަކައި. މިގޮތުން އައްސޭރި ޖަލުން 36 ސާމްޕަލް އަކާ ރިހެބުން 37 ސާމްޕަލް އިންޑަސްޓްރިއަލް ޒޯނުން 45 ސާމްޕަލް އަދި ރަށުގެ ތެރެއިން ރެންޑަމްކޮށް 28 ސާމްޕަލް، ޖުމްލަ 146 ސާމްޕަލް ނެގިފައިވޭ. އެ ހުރިހާ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ. ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް
    މުހައްމަދު މަބްރޫކް އަޒީޒް

    ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި ދެމީހުންގެ ކޭސް ނަންބަރަކީ 1062 އަދި 1063. އެ ދެމީހުން ވެސް ބޭތިއްބިފައި ތިބީ އައިސޮލޭޓެޑް ސެލްތަކުގައި. ވާހަކައަކީ އެހެން އެއްވެސް މީހަކާ އެއްކޮށެއް ނޫން. އިތުރު ކޮންޓެކްޓެއް ހުންނާނެ ގޮތަކަށް ނޫން. މި ދެމީހުން ކުރިން ދިރިއުޅެމުން ދިޔައީ އަޅުގަނޑުމެން ޕޮޒިޓިވް ވެގެން ހޯދި މީހެއް ނުފެނިގެން ޕޮލިހަށް އެންގި މީހުންގެ ތެރެއިން އެކަކު، (ކޭސް 594) އެމީހާ އާ އެއް ލިވިން ބްލޮކެއްގައި ދިރިއުޅެމުން ދިޔަ ދެމީހުން. 594 އަކީ އިއްޔެއާ ހަމައަށް އަޅުގަނޑުމެންނަށް ނުފެނި ތިބި ދެމީހުންގެ ތެރެއިން އެކަކު. އެމީހާ މިހާރު ވަނީ ފެނިފައި. އެހެންވީމަ އަޅުގަނޑުމެން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ނުފެނި ވަނީ އެކަކު
    22:17

    ގެއްލިގެން ހޯދަމުންދިޔަ އިތުރު ބިދޭސީއަކު ފެނިއްޖެ

    މުހައްމަދު މަބްރޫކް އަޒީޒް

    800 އެނދުގެ ލޭބާ ކުއާޓާއެއް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން އާއި އެޗްޑީސީއާ ގުޅިގެން މިވަނީ ތައްޔާރުކޮށް ނިންމާފައިި. މިތަނުގެ ގިނަ މަސައްކަތްތައް ކޮށްދީފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން. އެ މަސައްކަތްތައް ކޮށްދީފައި ވަނީ އެއްވެސް އަގަކާ ނުލާ ހިލޭ. މިތަނުގައި 800 އެނދު ހުރޭ. ހަތަރު ޑޮމިޓަރީ ބްލޮކަކަށް ބެހިފަައި ވަނީ، އެއް މެސް ހޯލް އާއި ބަދިގެއެއް ހުރޭ. އޭގެ އިތުރުން ދެ ފާހާނާ ބްލޮކް ވެސް އެތަނުގައި ހުންނާނެ
    22:07

    ކޮވިޑް19 އިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައި: މަބްރޫކް