19 May 2020, 17:52
މިއަދުގެ މިހާތަނަށް ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހުންނާއި، 15 ދިވެހީންނާއި އިންޑިއާގެ ތިން މީހެކެވެ.
މިއާއެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1143 އަށް އަރައިފައެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
މިހާތަނަށް ރާއްޖެއިން 414 ދިވެހިންނަށް ބަލި ޖެހިފައިވާއިރު، ވައިރަހަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދީ 729 އެވެ. ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 581 މީހަކު ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 މީހަކު ރަނގަޅުވެފައި ވާއިރު، ރިކަވަރީ ރޭޓު ހުރީ 7.23 ގައެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީއެކެވެ.