ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ހަ މީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.

ކޮވިޑްގެ ތަފާސް ހިސާބު ފޯރުކޮށްދޭ ޑޭޝްބޯޑުގައިވާގޮތުން މިހާތަނަށް 80 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް 74 މީހަކު ބަލިން ރަނގަޅުވިކަން އެންއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ތަފްސީލެއް އަދި ނޭނގެއެވެ.

ރާއްޖެއިން މިހާތަނަށް 1106 މީހުންނަށް ބަލިޖެހުނުއިރު އޭގެތެރޭގައި ގިނައީ ބިދޭސިންނެވެ. ބަލިޖެހުނު ދިވެހިންގެ އަދަދަކީ 399 އެވެ. މިހާރު 1020 މީހުންނަށް ބައްޔަށް ފަރުވާދެމުންދާއިރު ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.