ކޮވިޑް19 އާއި ގުޅިގެން ޓާގެޓެޑް ސާމްޕަލްތަކެއް ނަގާފައިވާނެކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރްއާރުޓީ) އިން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްއާރުޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ އެކްޓިވް ސާވަލަންސްގެ ގޮތުގައި މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެގޮތުން ސަޕްލައި ޗެއިންގައި މަސައްކަތްކުރާ މީހުންނާއި، ފުޑް ޑެލިވަރީގައި މަސައްކަތްކުރާ މީހުން، ޓެކްސީ ޑްރައިވަރުން އަދ ބޯޓުތަކާއި ދޯނިތަކުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކަންމަތީ ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ސުޕަމާކެޓްތަކަށް ވިޔަފާރި ކުރަންގޮސް ކިޔުގައި ތިބޭ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި އާންމުންގެ ތެރެއިންވެސް އެކްޓިވް ސާވަލަންސްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

"އެކި ދުވަސްދުވަސް އެކި ފަރާތްތަކަށް ހާއްސަ ކުރެވިގެން ޓެސްޓިންގެ މަސައްކަތް ކުރިއަށްދަނީ،" ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓެސްޓު ކުރުމުގައި ވަރަށް ގިނަ ފަހަރަށް ކަންބޮޑުވުން ހުރެދާނެ ކަމަށާއި އެގޮތުން ޓެސްޓު ކުރަންދާނެ ކަމަށްބުނެ ލަސްވުން ފަދަ ކަމެެއް މެދުވެރިވެދާނެ ކަމަށެވެ. ނަމަވެސް އެއީ ބޭނުންވާ ގޮތް ނޫންކަމަށާއި ނަމަވެސް،، ކޮންމެ ގެއަކަށްވަނުމަށްހު، ފުލް ޕީޕީއީ ބަދަލު ކުރަންޖެހޭތީ، ޑިލޭ އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއް ގެއަކަށްވަދެފައި ބަލި ހުރެދާނެެ މީހަކަށް އެޓެންޑުކޮށްފައި، އެ ހުރިގޮތަކަށް އެހެން މީހަކަށް އެޓެންޑެއް ނުކުރެވޭނެ. އެހެންވީމާ އެބަޖެހޭ ޕީޕީއީ ބަދަލު ކުރަން،" ހަމީދު ވިދާޅުވީ ަދަކަށް ސާމްޕަލް ނެގުމުން ވަކި އަދޓީމެއްގެ ލިމިޓް ހަމަވާނެ ކަމަށާއި ދެން މަސައްކަތަށް ނިކުންނާނީ އެހެން ގްރޫޕެއް ކަމަށެވެ.

ސާމްޕަލް ނަގަނީ އާރްއާރްޓީގެ މެންބަރުންގެެ ސަލާމަތަށްވެސް ސަމާލުކަންދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އާރްއާރުޓީގެ މެންބަރުންނަކީ ކޮންމެދުވަހަކުވެސް ޕޮޒިޓިވް މީހުން އަދި ބަލި ހުރެދާނެ މީހުންނާ ބައްދަލުވާ ބަޔެއް ކަމަށާއި އެ ޓީމުގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކަންއެނގި ތިބެ ހިތްވަރާއެކު މަސައްކަތް ކުރާ ބަޔެއް ކަން ހަމީދު ފާހަގަ ކުރެއްވިއެވެ.

އަދި އެކަމާހުރެ އެޓީމުގައި މަސައްކަތްކުރަން ބައެއް މީހުން ޖެހިލުންވާކަމަށް ހަމީދު ވިދާޅުވިއެވެ.