ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ސެލޫންތައް ފަދަ ތަންތަން ޕޮލެންޑްގައި އަލުން ހުޅުވައިފި އެވެ.

"އަހަރެންގެ އަންހެނުން ސެލޫންއަކަށް ދާން ކެތްމަދުވެފައި ހުންނަތާ މިހާރު ދެ މަސް ވެއްޖެ،" ޕޮލެންޑްގެ މީހަކު ބީބީސީއަށް ކިޔައިދިނެވެ. ޕޮލެންޑްގެ ރައީސް އެ ތަންތަން ހުޅުވާނެކަން އިއުލާންކުރިތާ ކުޑައިިރުކޮޅެއްގެ ތެރޭގައި ޓެކްސްޓް މެެސެޖެއް ލިބި ފުރަތަމަ ދުވަހު އެޕޮއިންޓްމަންޓެއް ލިބޭ ގޮތްވި ކަމަށް އޭނާ ބުންޏެވެ.

ކެފޭ ފަދަ ތަންތަން ހުޅުވި ނަމަވެސް އެތަންތަން ހުޅުވާފައި ވަނީ ވަރަށް ހަރުކަށި ގަވައިދުތަކާއެކު އެެވެ. އެތަންތަނަށް ވަނުމާ އެކު ޑިސްއެންފެކްޓެންޓަކުން އަތްދޮވެ އަންގި ލައްވައި ހަދަން ޖެހެ އެވެެ. އެ ތަންތަނުގެ ސްޓާފުންނެކޭ އެއްގޮތަށް ކަސްޓަމަރުން ވެސް މާސްކް އަޅަން ޖެހެ އެެވެ.

މޭޒުތައް އަތުރާފައި ހުންނަނީ 1.5 މީޓަރު ދުރުމިނުގަ އެވެ.

އަދި ވެސް އިތުރު ގަވައިދުތަކެއް ވަނީ ހިމަނައިފަ އެވެ. ހޫނުކޮށް ހުންނަ ބުއިންތައް ލިބޭކަށް ނުހުރެ އެެވެ. އަދި ފޯން ނަގައިގެން ނުތިބެވޭއިރު ސެލޫންގައި މަޑުކޮށްގެން ނުތިބެވެ އެެވެ.

އޭގެ އިތުރުން ސްޓާފުން ގަވައިދުން މީހުންގެ ފިނި ހޫނު މިން ބަލަ އެވެެ.

ބީބީސީއަށް މައުލޫމާތު ދިން މީހަކު ބުނީ މި ދަނޑިވަޅު ސެލޫންތައް ފަދަ ތަންތަނަށް ޑިމާންޑް ބޮޑުވެފައިވާތީ އޭގެ ފައިދާ ނަގައި ބައެއް ތަންތަނުން އަގުތައް ވެސް ބޮޑުކޮށްފައިވާ ކަމަށެވެެ.

"އަހަރެންގެ އަންހެނުން ދާ ސެލޫންއިން ނަސީބަކުން ހިދުމަތްތައް އަގުބޮޑެއް ނުކުރޭ،" ބީބީސީއަށް ވާހަކަ ދެއްކި މީހާ ބުންނެވެ.

މިހާތަނަށް ކޮރޯނާ ޖެހިފައިވާ 18،885 މީހަކު ޕޮލެންޑުން ފެނިފައިވާއިރު 936 މީހަކު ބަލީގައި ވަނީ މަރުވެފަ އެެވެ.

ޕޮލެންޑެކޭ އެއްގޮތަށް ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ކޮރޯނާ ފެތުރޭ މިންވަރު މަދުވެ، ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދަނީ ލުއިދެމުންނެވެ.

ބީބީސީ