18 May 2020, 22:26
ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 1106 އަށް އަރައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރޭގެ 12 އިން ފެށިގެން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އޮޕަރޭޝަނަށް ލަސްތަކެއް އައިސްފައިވާ ކަމަށާއި ޕެންޑިންގައި ހުރި ސާމްޕަލް ތަކުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1026 މީހުން ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ.
އެޗްޕީއޭގެ ފަރާތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިރޭވެސް އިތުރު ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދަކީ ހަތަރެެކެވެ.