18 May 2020, 22:21
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
މިރޭ އެންއީއޯސީގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދަޅުވީ ރާއްޖެއިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު 74 އަށް އަރާފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި 11 ފިރިހެނުން ކަމަށާއި، އެއީ ހަތް ދިވެހިން އަދި އަށް ބަންގްލަދޭޝް މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕްޑޮމެލެޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެގެ 12 ޖެހުމާ ހަމައަށް 15 މީހުން އަދި މިއަދު ދެ މީހަކު ރަނގަޅުވެފައި ވާކަމަށެވެ. މިއަދު ބަލިން ރަނަގޅުވީ ދެ ބަންގްލަދޭޝް މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ބަލި ޖެެހުނު މީހުންގެ އަދަދު ވަނީ 1106 އަށް އަރައިފައެވެ. ބަލިޖެހިގެން މަރުވެފައިވަނީ ހަތަރު މީހުންނެވެ.