26 Dec 2011, 11:00
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ސްރީލަންކާގެ މިލިޓަރީ އެކަޑަމީގެ ކޮމިޝަނިން ޕެރޭޑް ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.