މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ މައްސަތަކާ ކުރިމަތިވާނެ ކަމަށް ސައިކޭޓްރިސްޓުން ބުނެފި އެެވެ.

ހާއްސަކޮށް މިދުވަސް ވަރު ސްކޫލްތައް ބަންދުކޮށްފައި އޮތުމުން ކުޑަކުދިންނަށް ކުރާނެ އަސަރާމެދު ކަންބޮޑުވާކަމަށް ސައިކެއިޓްރިސްޓުން ބުނެ އެވެ.

ހަމައެއާކު އުމުރުން ދުވަސްވީ މީހުންނަށް ވެސް ލިބެން ޖެހޭ އަޅާލުން ލިބުމުގައި ދަތިވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސައިކެއިޓްރިސްޓުން ދާދި ފަހުން ކުރި ސާވޭއެއްގައި ބުނީ މިހާރަކަށް އައިސް އިމެޖެންސީ ކޭސްތައް ރިޕޯޓްކުރާވަރު އިތުރުވެފައިވާ ކަމަށެެވެ.

ފުރަބަންދާ އެކުވެސް ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހިދުމަތްދޭ ތަންތަން ކުރިއަށްދެއެެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ސައިކެއިޓްރިސްޓަކު ވިދާޅުވީ ކޮރޯނާ ޖެހިދާނެތީ ބިރުން، ހިދުމަތް ހޯދަން އަންނަ އުމުރުން ދުވަސްވީ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަަމަށެވެ.

"ކޮރޯނާއާ ގުޅިގެން އެކެހެރިވެ ތިބެންޖެހި ހާސްކަން ބޮޑުވެ އަދި ބޭސްތައް ލިބުމުގައި ދަތިވުމުން ގިނަ ބަލި މީހުންނަށް ނަފްސާނީ އިތުރު މައްސަލަތަކެއް ވަނީކުރިމަތިވެފައި" އިތުރު ސައިކެއިޓްރިސްޓަކު ވިދާޅުވި އެެވެ.

ސައިކެއިޓްރިސްޓެއް ކަމަށްވާ ޑރ. އަމަންޑާ ތޮމްޕްސެލް ވިދާޅުވީ އުމުރުން ދުވަސްވީ ގިނަ މީހުން އެހާ ޓެކްނޮލޮޖީއަށް ފަރިތަ ނޫން ކަމަށާއި އެހެންކަމުން އެމީހުންނަށް ޑޮކްޓަރަށް ގުޅައި ހެދުމުގައި އުނދަގޫ ކަމަށެެވެ.

ދާދި ފަހުން 1000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި ގިނަ ބަޔަކު ބުނީ ފުރަބަންދުކުރި ފަހުން ނަފްސަނީ ގޮތުން ބަލިކަށިވެފައިވާ ކަމަށެވެ.