އިތުރު ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދު 1,094 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިރޭ ޕޮޒިޓިވްވެފައި ވަނީ ހަތަރު ދިވެހީން ކަމަށެވެ. އެހެންކަމުން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 17 އަށް އަރާފަ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހާހުން މައްޗަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 562 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު ދިވެހީންގެ އަދަދަކީ 384 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 104 މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.